އުޒްބެކިސްތާން އަތުންވެސް ގައުމީ ވޮލީ ޓީމު ބަލިވެއްޖެ

ކުޅިވަރު ފަހުގެ

އުޒްބެކިސްތާންގައި މިހާރު ކުރިއަށްދާ، ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި މުބާރާތް ބާއްވާ ގައުމު އުޒްބެކިސްތާން އަތުން ވެސް ރާއްޖޭގެ ފިރިހެން ވޮލީބޯޅަ ޓީމު ބަލިވެއްޖެ އެވެ.

އިއްޔެގެ މެޗުގެ ފުރަތަމަ ސެޓަކީ މުޅި މެޗުގައި ވެސް ފެނިގެންދިޔަ އެންމެ ވާދަވެރި ސެޓެވެ. މި ސެޓުގައި ރާއްޖެއިން ވަނީ އުޒްބެކިސްތާން ޓީމަށް ރަނގަޅު ފައިޓެއްދީފަ އެވެ. އެކަމަކު ސެޓުގެ ފަހުކޮޅު ހެދުނު ގޯސްތަކުގެ ފައިދާ ނަގާ މި ސެޓު އުޒްބެކިސްތާން އިން ގެންދިޔައީ 27-25 އިންނެވެ.

އިޝްތިހާރު
އިޝްތިހާރު

މެޗުގެ ދެވަނަ ސެޓުގައި ދިވެހި ޓީމުގެ ފަރާތުން ފެނިގެންދިޔައީ ދަށް ކުޅުމެކެވެ. އަމިއްލަ ގިނަ ގޯސްތަކެއް މި ސެޓުގައި ދިވެހި ޓީމަށް ހެދުނުއިރު، މި ސެޓުގައި އުޒްބެކިސްތާންގެ އެޓޭކުތައް ރިސީވްކުރުމުގައި ދިވެހި ޓީމު ފެނިގެންދިޔައީ ދަށް ކޮށެވެ. މި ސެޓު އުޒްބެކިސްތާން އިން ގެންދިޔައީ، 25-14 އިންނެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެއިން ނުކުތީ ކިރްގިސްތާންއާ ދެކޮޅަށެވެ. އެ މެޗުން ސީދާ ތިން ސެޓުން ބަލިވިއިރު، ދެވަނަ މެޗުގައި ރާއްޖެއިިން ނުކުތީ ތަޖިކިސްތާންއާ ދެކޮޅަށެވެ. އެ މެޗުން ތަޖިކިސްތާން އަތުން ބަލިވީ، 3-2 ސެޓުންނެވެ. އަދި ތިންވަނަ މެޗުގައި އަފްގާނިސްތާންއާ ދެކޮޅަށް ރާއްޖެއިން ނުކުތްއިރު، އެ މެޗުން ސީދާ ތިން ސެޓުންވީ ބައްޔެވެ.

ތިންވަނަ ސެޓުގައި ރާއްޖެއިން ދެވަނަ ސެޓަށްވުރެ ކުޅުން ރަނގަޅުކުރި ނަމަވެސް ސެޓުގެ ވަކި ހިސާބަކުން އުޒްބެކިސްތާން އިން ނެގި ފަސް ޕޮއިންޓްގެ ލީޑު އެ ޓީމު ދެމެހެއްޓި އެވެ. މި ސެޓު އުޒްބެކިސްތާން އިން ގެންދިޔައީ، 25-20 އިންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ