ހަނިމާދޫގައި އިސްލާމިކް ބޭންކްގެ އޭޓީއެމް ގާއިމްކުރުމަށް މަގުފަހިވެއްޖެ

ހަނިމާދޫ ފަހުގެ

ހަނިމާދޫގައި އިސްލާމިކް ބޭންކްގެ އޭޓީއެމްއެއް ގާއިމްކުރުމަށް މަގުފަހިވާނެ ގޮތަކާ މެދު މަޝްވަރާކުރެވިއްޖެއެވެ. މި މަޢުލޫމާތު ހާމަކުރެއްވީ ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް އެމަނިކުފާނުގެ ފޭސްބުކް ޕޯސްޓެއްގައެވެ.

ނައިބު ރައީސް ވިދާޅުވި ގޮތުގައި، ކުރިން ވެސް ހަނިމާދޫގައި އޭޓީއެމްއެއް ގާއިމްކުރުމަށް އެދިފައިވާތީ، މިހާރު އެކަން ހަމަޖެހެމުންދާ ކަމުގެ މަޢުލޫމާތު ލިބިފައިވެއެވެ. އަދި ވަރަށް އަވަހަށް މިކަން ރަސްމީކޮށް ކައުންސިލަށް އަންގާނެ ކަމަށް އިސްލާމިކް ބޭންކުން ބުނެފައިވާކަމަވެސް އޭނާ ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ އިތުރުން، ހަނިމާދޫގެ އާންމު ރައްޔިތުންގެ ގެދޮރު އެޅުމަށް އިސްލާމިކް ބޭންކާއި ހަނިމާދޫ ކުންފުނިތަކާއި ކައުންސިލް މެދުވެރިވެގެން ކުރިއަށް ގެންދެވޭނެ ނިޒާމެއް ހޯދުމަށް ވެސް މަޝްވަރާކުރެވުނު ކަމަށް ނައިބު ރައީސް ހާމަކުރެއްވިއެވެ. މި މަސައްކަތް ވީހާވެސް އަވަހަކަށް ކައުންސިލާ އެކު ފެށުމަށް ވަނީ އެއްބަސްވެވިފައެވެ.

ހަމައެހެންމެ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ބައްދަލުކޮށް، ހަނިމާދޫ އަވަށުތެރޭގައި އޭޓީއެމްއެއް ބެހެއްޓުމަށް އެދިފައިވާ ކަމަށް ވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް، މިހާތަނަށް ބީއެމްއެލްގެ ފަރާތުން އެކަމާ ގުޅޭ ގޮތުން އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަސައްކަތްތަކުގެ ސަބަބުން ހަނިމާދޫގެ ރައްޔިތުންނަށް ފަސޭހައިން ބޭންކިންގ ޚިދުމަތްތައް ލިބި، ގެދޮރު އެޅުމަށް ފައިނޭންސިންގ ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ. މި މަޝްރޫޢުތައް ކުރިއަށްދާ މިންވަރާ ބެހޭ އިތުރު މަޢުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށް އެނާ ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ