ތަޖިކިސްތާން ބަލިކޮށް، ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުން ފުރަތަމަ މޮޅު ހޯދައިފި

ކުޅިވަރު ފަހުގެ

އުޒްބެކިސްތާން މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ވޮލީބޯލް ޗެލެންޖް ކަޕް 2024 ގެ ލީގު ބުރުގެ ފަހު މެޗުގައި ތަޖިކިސްތާން ބަލިކޮށް، ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުން ފުރަތަމަ މޮޅު ހޯދައިފިއެވެ.

މުބާރާތުގައި ރާއްޖެއިން ކުޅުނު ފަސްވަނަ މެޗުން މޮޅުވީ ތަޖިކިސްތާން އަތުން ތިން ސެޓު އެއް ސެޓުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު 25-20 އިން ރާއްޖެއިން ގެންދިޔަ ނަމަވެސް، ތަޖިިކިސްތާނުން ވަނީ ދެވަނަ ސެޓު 25-20 އިން ކާމިޔާބުކޮށްފައެވެ. އެކަމަކު ރާއްޖެއިން ވަނީ މޮޅު ކުޅުމެއް ދައްކައި، ޖެހިގެން އައި ދެ ސެޓު 25-23 އަދި 25-22 އިން ގެންގޮސްފައެވެ.

އިޝްތިހާރު
އިޝްތިހާރު

މިއީ މި ފަހަރުގެ މުބާރާތުގައި ރާއްޖެއިން ހޯދި ފުރަތަމަ މޮޅެވެ. އެގޮތުން މީގެ ކުރިން ކުޅުނު ހަތަރު މެޗުންވެސް ބަލިވެފައިވާއިރު، ތުރުކުމެނިސްތާނާ ދެކޮޅަށް ކުޅުނު މެޗު ފިޔަވައި، އެހެން ހުރިހާ މެޗަކުން ރާއްޖެ ބަލިވެފައިވަނީ ސީދާ ތިން ސެޓުންނެވެ.

މި މުބާރާތް ރޭވިފައިވާ ގޮތުން ލީގު ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރާއިރު، އެއްވަނަ އާއި ދެވަނަ ހޯދާ ޓީމުތައް ފައިނަލަށް ދަތުރުކުރާނެއެވެ. އަދި ތިންވަނަ އާއި ހަތަރުވަނައިގެ މެދުގައި ލޯ މެޑެލް މެޗު ކުޅޭއިރު، ފަސްވަނަ އާއި ހަވަނައިގެ މެދުގައި ރޭންކިން މެޗެއް ކުޅޭނެއެވެ. މުބާރާތުގެ ރޭންކިން މެޗުގައި މާދަމާ ރާއްޖެ ނުކުންނާނީ މިއަދުވެސް ވާދަކުރި ތަޖިކިސްތާނާ ދެކޮޅަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ