ގައުމީ ދިރާސާ ކައުންސިލަށް މެމްބަރުން އައްޔަންކޮށްފި

ޚަބަރު ފަހުގެ

ހަޔާ އެޑިޔުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީ މެދުވެރިކޮށް “ގައުމީ ދިރާސާ ކައުންސިލް” ގެ ނަމުގައި ކައުންސިލެއް އެކުލަވާލައި އެ ކައުންސިލަށް މެމްބަރުން އައްޔަންކޮށްފިއެވެ.

މި ކައުންސިލަކީ ރާއްޖޭގެ އިލްމީ ދިރާސާ ކުރުމާއި އޭގެ އަލީގައި ފިކުރީ މުދާ އުފެއްދުމުގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުމަށް އެކުލަވާލާފައިވާ ކައުންސިލެކެވެ. މި ކައުންސިލުގެ މެންބަރުންގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ފަންޑުން ހަރަދުކޮށްގެން ދިރާސާކުރާނެ ދާއިރާތައް ކަނޑައެޅުމާއި އެ ދާއިރާތަކަށް ކަނޑައެޅުމުގެ އުސޫލުތައް ކަނޑައެޅުމާ އަދި ފަންޑުން ފައިސާ ދޫކުރާނެ ހަމަތަކެއް ގާއިމުކޮށް، އެ ހަމަތައް ތަންފީޒުކުރުން ހިމެނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

“ގައުމީ ދިރާސާ ކައުންސިލް” އަށް މެންބަރުން އައްޔަން ކޮށްފައިވަނީ އެކަމަށް ހާއްސަކޮށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތުގައި ކައުންސިލަށް އައްޔަންކުރި މެމްބަރުންނަށް ލިޔުން ހަވާލުކޮށްދެއްވާފައިވަނީ އެ މިނިސްޓްރީގެ ޕީއޭ އާއިޝަތު ހިކުމާ އެވެ.

ގައުމީ ދިރާސާ ކޮމިޓީއަށް އައްޔަނުކޮށްފައިވާ މެންބަރުންނަކީ:

– ހަޔާ އެޑިޔުކޭޝަން މިނިސްޓަރު އައްޔަންކުރައްވާ ފަރާތް (ކައުންސިލް ޗެއާ): ސްޓޭޓް މިނިސްޓަރު އަހްމަދު ޝަފީއު

– ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ ތަމްސީލު ކުރާ ފަރާތް: ޑެޕިއުޓީ މިނިސްޓަރު އައިމިނަތު ޝަޝީ

– ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ ތަމްސީލު ކުރާ ފަރާތް: އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ޑރ. ރަހީމާ އަބްދުލްރަހީމް

– ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ ތަމްސީލު ކުރާ ފަރާތް: އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ޑރ. ވިސާލް މޫސާ

– ރާއްޖޭގައި ދިރާސާ ކުރުމުގެ ދާއިރާގައި އަމަލީ ގޮތުން ހަރަކާތްތެރިވާ މުއައްސަސާއެއް ތަމްސީލު ކުރާ ފަރާތް: ސީޑީއީ ކޮންސަލްޓިން އިންޖިނިއަ، ޑރ. ނަޝްވާން މަތީން

– ރާއްޖޭގައި ދިރާސާ ކުރުމުގެ ދާއިރާގައި އަމަލީ ގޮތުން ހަރަކާތްތެރިވާ މުއައްސަސާއެއް ތަމްސީލު ކުރާ ފަރާތް: މޯލްޑިވިސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ ޑިރެކްޓަރު މުހައްމަދު ޝިމާލް

– އުފެއްދުންތެރި އިޖާދީ މަސައްކަތްކުރާ މުއައްސަސާއެއް ތަމްސީލު ކުރާ ފަރާތް: ލޮޓީ ފައިލްސްގެ އިންޖިނިއަރިން މެނޭޖަ އޮފް އާރުއެންޑްޑީ، ނާއީލް އަބްދުލްރަހްމާން

– އަމިއްލަ ކޮލެޖެއް ތަމްސީލު ކުރާ ފަރާތް: ވިލާ ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓަ ޑރ. މުހައްމަދު އާދިލް

– ފިނޭންސް މިނިސްޓްރީ ތަމްސީލު ކުރާ ފަރާތް: ފިނޭންސް މިނިސްޓްރީގެ ޗީފް އެކައުންޓްސް އެގްޒެކެޓިވް ޗީފް އެކައުންޓްސް އެގްޒެކިއުޓިވް މުހައްމަދު މާއިޒް މުނާޒް

ގައުމީ ދިރާސާ ކައުންސިލެއް އުފެއްދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަމުގެ މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ވެވަޑައިގެންނެވި ވައުދުފުޅެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ