ކުޑަކުއްޖަކަށް މެއިޑަކު އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ

ޚަބަރު ފަހުގެ

މާލޭގެ ގެއެއްގައި ކުޑަކުއްޖަކަށް އެ ގޭގައި ގެންގުޅޭ މެއިޑަކު އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ، ނޭޕާލްގެ އެ މެއިޑް ތިން އަހަރުގެ ކުއްޖަކަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް އެ އިދާރާއަށް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން އެ މެއިޑް ހައްޔަރުކޮށްފައިނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ