ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ބެންގަލޫރަށް ސީދާތަތުރުތައް ފެށުމަށް މޯލްޑިވިއަނުން ތައްޔާރުވެއްޖެއެވެ.
މިކަމާއި ގުޅޭ މައުލޫމާތު ގޮށްކޮޅަށް ހިއްސާ ކުރައްވަމުން މޯޑިވިއަންގެ އޮފިޝަލަކު ވިދާޅުވީ ހަފުތާއަކު ދެ ފުލައިޓު އޮޕަރޭޓް ކުރާނެކަމަށެވެ. ފްލައިޓްތައް ޝެޑިއުލް ކޮށްފައިވަނީ ހަނިމާދޫ ކޮޅުން އާދިއްތަ، އަދި ބުރާސްފަތި ދުވަހުގެ ރޭގަޑު ފުރާގޮތަށެވެ. އަދި ބެންގަލޫރުން ހޯމަ އަދި ހުކުރު ދުވަހުގެ ފަތިހު އެނބުރި އަންނަ ގޮތަށެވެ.
މި ދަތުރުތައް ފެށުމާއިއެކު އުތުރުގެ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ގެސްޓުން ގެނައުމުގައި އިތުރު ލުއި ފަސޭހަތަކެއް ލިބިގެން ދާނެކަމަށް އުއްމީދު ކުރެވެއެވެ.
މިހާރު ވެސް ހަފުތާއަކު ދެ ދުވަހު ހަނިމާދު -ޓްރިވެންޑްރަމް ދަތުރުތައް ކުރެއެވެ. އެއިީ ހުކުރު އަދި ހޯމަ ދުވަހުއެވެ.