މިނިސްޓަރެއްގެ ފެންވަރުގައި ނަރީޝް ޔޫތު މިނިސްޓަރުގެ އެޑްވައިޒަރަކަށް

ޚަބަރު ފަހުގެ

މާލޭގެ ޑެޕިއުޓީ މޭޔަރުގެ މަގާމުން މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވި އަހުމަދު ނަރީޝް، މިނިސްޓަރެއްގެ ފެންވަރުގައި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) އެޑްވައިޒަރަކަށް އައްޔަން ކުރައްވައިފި އެވެ.

ނަރީޝްއަށް ވަޒީރު ފެންވަރުގެ މަގާމެއް މިދިޔަ ބުރާސްފަތި ދުވަހު ދެއްވާފައިވާ ކަމަށް ރައީސް އޮފީހުން ޔަގީންކޮށްދެ އެވެ.

އިޝްތިހާރު
އިޝްތިހާރު

މިނިސްޓަރެއްގެ ފެންވަރުގެ މަގާމަކަށް އައްޔަން ކުރައްވައިފި ނަމަ އެ ބޭފުޅަކަށް މިނިސްޓަރެއްގެ މުސާރަ އާއި އިނާޔަތްތައް ލިބިވަޑައިގަންނަވާނެ އެވެ. މިނިސްޓަރަކަށް މުސާރާ އާއި އެލަވަންސްގެ ގޮތުގައި މަހަކު 66،000ރ. ލިބިވަޑައިގަންނަވާނެ އެވެ.

އިސްތިއުފާގެ ސިޓީއާއެކު ނަރީޝް މިދިޔަ ބުދަ ދުވަހު ވިދާޅުވީ، މާލޭގެ ޑެޕިއުޓީ މޭޔަރުގެ މަގާމުން ވަކިވެވަޑައިގަތީ ގައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ހިދުމަތް ކުރައްވަން ފުރުސަތު ލިބިވަޑައިގަތުމުން ކަމަށެވެ.

ޕީޕީއެމްގެ ޓިކެޓުގައި ނަރީޝް ކައުންސިލަށް އިންތިހާބުވެވަޑައިގަތީ ޖޫން 21، 2021 ގަ އެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރުކަމުން ނަރީޝް އިސްތިއުފާ ދެއްވުމުން މިއަދު ވަނީ އެ މަގާމަށް މާފަންނު ހުޅަނގު އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު އަރީޝް އިންތިހާބު ކޮށްފަ އެވެ.

 

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ބާކީ 300 އަކުރު