ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ޙިކުމާ އަޙްމަދު ނިޒާރު މިއަދު ޢައްޔަން ކުރައްވައިފި އެވެ.
ހިކުމާ މި މަޤާމަށް ޢައްޔަން ކުރެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި ޙިކުމާ ވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވައި ކުރައްވާފަ އެވެ. ހިކުމާ އަށް ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމުގެ ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙަސަން ޝަފީޢު އެވެ. އަދި، މަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ޙިކުމާ އަޙްމަދާ ހަވާލުކުރައްވާފަ އެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ޢައްޔަނު ކުރެއްވި ޙިކުމާ މީގެކުރިން ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ސިނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމު 2020 އިން 2024 އަށް އަދާކުރައްވާފަ އެވެ. ހިކުމާ ވަނީ އެވިޑް ކޮލެޖުން ބެޗްލާ އޮފް ޝަރީޢާ އެންޑް ލޯ އަދި މާސްޓަރސް އިން ޕަބްލިކް އެޑްމިނިސްޓުރޭޝަން، ހާސިލުކުރައްވާފަ އެވެ.