ރާއްޖޭގެ 19 ރަށެއްގެ ސުކޫލްތަކުގެ ނުނިމިހުރި މަސައްކަތް ކުރުމަށް 3 ކުންފުންޏަކަށް

ޚަބަރު ފަހުގެ

ރާއްޖޭގެ 19 ރަށެއްގެ ސުކޫލްތަކުގައި ނުނިމިހުރި މަސައްކަތްތައް ކުރުމަަށް ތައުލީމީ ވުޒާރާއިން ސަރުކާރު ހިއްސާވާ 3 ކުންފުންޏަކާއި ޙަވާލުކޮށްފިއެވެ.

މިކަމައްޓަކައި ތައުލީމީ ވުޒާރާގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. ތަޢުލީމީ ވުޒާރާއިން 19 ރަށެއްގެ ސުކޫލްތަކުގެ ނުނިމި ހުރި މަސައްކަތްތައް ކުރުމަށް ޙަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އަދި ފެނަކަ ކޯޕަރޭޝަނާއެވެ.

އިޝްތިހާރު
އިޝްތިހާރު

ފެނަކަ ކޯރޕަރޭޝަނާ ޙަވާލުކޮށްފައިވާ ރަށްތައް:

  • ގއ. ކަނޑުހުޅުދޫ
    • ހދ. ވައިކަރަދޫ
    • ތ. ވޭމަންޑޫ
    • ތ. އޮމަދޫ
    • ށ. ފީވަށް
    • ށ. ގޮއިދޫ
    • ލ. ކުނަހަންދޫ
    • ގއ. ކޮނޑޭ
    • ފ. ބިލެއްދޫ
    • ފ. ފީއަލީ
    • ބ. ފުޅަދޫ
    • ބ. ގޮއިދޫ

އެމްޓީސީސީއާ ޙަވާލުކޮށްފައިވާ ރަށްތައް:

  • ރ. އުނގޫފާރު
    • ހއ. އުލިގަމު
    • ކ. މާފުށި
    • ވ. ފުލިދޫ

އާރްޑީސީއާ ޙަވާލުކޮށްފައިވާ ރަށްތައް:

  • ހއ. ފިއްލަދޫ
    • ރ. ހުޅުދުއްފާރު

އަތޮޅުތަކުގެ ސުކޫލްތަކުގައި ނުނިމިހުރި މަސައްކަތްތައް ކުރުމަށް ކުންފުނިތަކާއި ޙަވާލުކުރުމުގެ އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢުއެވެ. އެމްޓީސީސީން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީއެވެ.

ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙްއެވެ. އަދި އާރްޑީސީން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާރޑް އަލީ ޒުހައިރެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ބާކީ 300 އަކުރު