ދެ ރަށެއްގައި ފުޓުބޯޅަ ދަނޑު ގާއިމުކުރުމާއި ފަސް ރަށެއްގައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުކުރުން ފެނަކައަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިއްޔެއެވެ.
ސްޕޯޓްސް މިނިސްޓްރީން ހާމަކުރިގޮތުގައި ބ. ކަމަދޫ އަދި ދ. މާއެނބޫދޫގައި އަލަށް ފުޓްބޯޅަ ދަނޑު ޤާއިމްކުރުމަށްވަނީ ހަވާލުކޮށްފައެވެ.
އަދި ޅ. ކުރެންދޫ ފުޓްބޯޅަ ދަނޑުގައި ލައިޓް ހަރުކުރުމުގެ މަސައްކަތާއި ބ. ކެންދޫ، ބ. ދަރަވަންދޫ، ބ. ތުޅާދޫ އަދި ރ. މީދޫގެ ފުޓްބޯޅަ ދަނޑުތަކަށް ބޭނުންވާ ޑްރޭގް ބްރަޝް މެޝިނާއި ބެންޗުތައް ހޯދުމުގެ މަސައްކަތްވެސް މި އެއްބަސްވުމުގެ ދަށުން ކުރާނެއެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި މި މަޝްރޫޢުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކުޅިވަރު މަޝްރޫޢުތައް ކުރިއަށް ނުދާ ރަށްތަކަށް އަވަސް ހައްލެއް ހޯދުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދެވޭ މަޝްރޫޢުތަކެކެވެ.
އަދި ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި މި މަޝްރޫޢުތައް މި އަހަރުގެ ދެވަނަ ކުއާޓަރގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.