މުދާ އުފުލާ ބޯޓެއްގައި ވަރަށް ބޯޑަށް ރޯވެ އަނދަނީ

ޚަބަރު ފަހުގެ

މުދާ އުފުލާ ބޯޓެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވަނީ “ހޮޅުދޫ” ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއްގައި ކަމަށެވެ. މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކައްދޫ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާލެ އާއި ނ. އަދި ތ. އަތޮޅާ ދެމެދު ދަތުރުކުރާ އެ ބޯޓުގައި ރޯވީ ތ. ކަނޑޫދޫން މުދާ ބަރުކޮށްގެން، މާލެއަށް ދިއުމަށް ދަތުރު ފެށިތާ ކުޑައިރުކޮޅެއް ތެރޭގަ އެވެ. އެ ބޯޓުގައި ތިބީ ކިތައް ފަޅުވެރިން ކަމެއްވެސް އަދި ޔަގީނެއް ނޫނެވެ.

ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ބޯޓުގައި އެއްކޮށް އަލިފާން ރޯވެ ހުޅުގަނޑު ވަރަށް ބޮޑަށް ފެނެ އެވެ. އެ ބޯޓުގައި ހުރީ ކިހާ އަދަދެއްގެ މުދަލެއް ކަމެއް އަދި ނޭނގެ އެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ބާކީ 300 އަކުރު