ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން ކްލަބް އީގަލްސް ޕޮއިންޓެއް

ކުޅިވަރު ފަހުގެ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޖެހިޖެހިގެން ތިން ވަނަ މެޗަކުން ބަލިވާން ދަނިކޮށް އަހުމަދު ރިޒުވާން (ރިޒޭ) މެޗުގެ ފަހުކޮޅު ޖެހި ގޯލާ އެކު 1-1 އިން ނަތީޖާ އެއްވަރުކޮށް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން ކްލަބް އީގަލްސް ޕޮއިންޓެއް ހޯދައިފި އެވެ.

މެޗު ފެށިގެން ދެ ޓީމަށްވެސް މާ އެދެވޭ ކުޅުމެއް ދެއްކޭގޮތެއް ނުވެއެވެ. މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑްނެގީ ޓީސީ ސްޕޯޓްސް ކުލަބުންނެވެ. ޓީސީގެ ކެޕްޓަން މުހައްމަދު އައްޒާމް ސުޕަރ ޔުނައިޓެޑްގެ ޕެނަލްޓީ އޭރިޔާގެ އަރިމަތިން ދުވެފައިގޮސް ސަސްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ މެޗްގެ 13ވަނަ މިނެޓްގައި ގޯލް ތެރެއަށް ވައްދާލީ އިބްރާހިމް ސާވީއެވެ. ޓީސީގެ ލަނޑަށްފަހު ދެ ޓީމްގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. ސަސްއިން ލަނޑު ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދިޔައެވެ. ނަމަވެސް މެޗުގެ 20މިނެޓްގެ ކުޅުން ނިމުނުއިރު، ސަސްއަށް ޓީސީގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވޭ ގޮތެއް ނުވިއެވެ. ގޯލް ޖެހުމަށް ސަސްއިން ކުރަމުންދިޔަ މަސައްކަތަށް ކާމިޔާބީއެއް ލިބުނީ މެޗްގެ 34ވަނަ މިނެޓްގައި ސަސްގެ ކެޕްޓަން އަބްދުﷲ ހަނީފް ޖަހައިދިން ގޯލުންނެވެ. ސަސްގެ ބިދޭސީ ކުޅުންތެރިޔާ އަޓްސުކީ ނަގައިދިން ކޯނަރު ހަނީފް ގޯލްގެ ތެރެއަށް ފޮނުވާލީ ޓީސީގެ ކުޑައޭރިޔާގެ ތެރޭގައި ހުރެފައި ބޮލުންނެވެ. ސަސްއިން ލަނޑު ޖެހުމުގެ ކުރިން ކުލަބް އީގަލްސްއިން ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔަނަމަވެސް ސަސްގެ ލަނޑަށްފަހު، ސަސްއިން ބޯޅަ ތިރިކޮށްގެން ގިނަވަގުތު ޕާސްކޮށް، ނުރައްކާތެރި ހަމަލާތަށް އުފެއްދުމަށް މަސައްކަތް ކުރަމުންދިޔަކަން ފާހަގަކޮށްލެވެއެވެ. މެޗްގެ ފުރަތަމަ ހާފް ނިމިފައިވަނީ 1 ލަނޑު 1 ލަނޑުން ދެ ޓީމް އެއްވަރުވެގެންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މެޗްގެ ދެވަނަ ހާފްގައިވެސް ދެ ޓީމަށްވެސް ލަނޑު ޖަހާނެ ފުރުސަތުތަށް ލިބުނު ނަމަވެސް، އެއްވެސް ޓީމަކަށް ލިބުނު އެއްވެސް ފުރުސަތެއްގެ ބޭނުމެއް ނުހިފެއެވެ. މެޗްގެ ފަހު ވަގުތު ޓީސީއަށް ލީޑް ނެގުމަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް އިބްރާހިމް އަބްދުލްވާހިދު (ވާޑު) ނެގި ހުރަސް، އޭރިޔާގެ ތެރެއިން ޓީސީގެ ކެޕްޓަން އަައްޒާމް އާއި ނަޝާހު ގޯލާއި ދިމާލަށް ފޮނުވާލި ބޯޅަ ސަސްގެ ގޯލް ކީޕަރުވަނީ މަތަކޮށްފައެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސުޕަރ ޔުނައިޓަޑް ސްޕޯޓްސް ކުލަބްގެ ކެޕްޓަން އަބްދުﷲ ހަނީފެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ