ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހަށް ނިންމާލެވޭނެ

ޚަބަރު ފަހުގެ

ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް މިހާރު ކުރިޔަށްދާ ގޮތުން އަންނަ ސެޕްޓެމްބަރު މަހަށް ނިންމާލެވޭނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑޜ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މުއްތަލިބި މިއަދުި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ހަނިމާދޫ އެއާޕޯތްގެ މަސައްކަތް މިހާރު ނިމިފައިވާ ބައެއް ތަންތަނުގެ ފޮޓޯތައް ހިއްސާކޮށްފައެވެ. މިނިސްޓަރު ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތުގެ 88 އިންސައްތަ މިހާރު ނިމިފައިވާއިރު އެއާޕޯޓުގައި ކުރަންޖެހޭ ކޮންސްޓްރަކްޝަންގެ ހުރިހާ މަސައްކެތެއްވެސް މިހާރު ނިމިފައިވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެއިތުރުން ރަންވޭގެ މަސައްކަތް އެއްކޮށް ނިމިފައިވާއިރު ޓާމިނަލްގެ މަސައްކަތުގެ 83 އިންސައްތަ އަދި ކާގޯ އިމާރާތާއި ބޯޓްތައް ބާއްވާ ހޭންގަރާއި ޓްރަފިކް ކޮންޓްރޯލް ޓަވަރުގެ 96 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް މިނިސްޓަރު މުއްތަލިބް ވިދާޅުވިއެވެ. މިހާރު މަސައްކަތްދާ ގޮތުން ކަނޑައެޅިފައިވާގޮތަށް އަންނަ ސެޕްޓެމްބަރު މަހަށް މުޅި އެއާޕޯޓްގެ މަސައްކަތް ނިމެނޭކަން މިނިސްޓަރު މުއްތަލިބު ފާހަގަކުރެއްވިއެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން މި މަޝްރޫއަށް 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކުރެވޭނެ އެވެ.

 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ