ނޮޅިވަރަންފަރުގައި އައު ސްކޫލެއް ތަރައްޤީކުރަން އެފްޑީސީއާ ހަވާލުކޮށްފި

ޚަބަރު ފަހުގެ

ނޮޅިވަރަންފަރުގެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށްޓަކައި އައު ސްކޫލެއް ތަރައްޤީކުރަން ފަހި ދިިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.

މިމަޝްރޫޢުގެ އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހުސައިން ސަޢީދު މުޙައްމަދުއެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ރައްޒާންއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ނޮޅިވަރަންފަރުގައި އައު ސްކޫލެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ކައުންސިލުން ކަނޑައަޅާފައިވާ އެހެން ބިމެއްގައި އައު މަޝްރޫޢެއްގެ ގޮތުގައެވެ.

މިމަޝްރޫޢާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އަލަށް ތަރައްޤީކުރާ ސްކޫލްގައި މަލްޓިޕާޕަސް ހޯލާއި ކްލާސްރޫމްތަކާއި އެކިއެކި ލެބްތައް ހިމެނޭނެކަމަށެވެ. އަދި އެ ސްކޫލް ތަރައްޤީކުރާނީ ހުރިހާ ޚިދުމަތްތަކާއެކުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިއަހަރުގެ ތެރޭގައި ސްކޫލް ތަރައްޤީކުރުމުގެ މަސައްކަތް ފަށާ އަންނަ އަހަރު އެ މަސައްކަތުގެ ބޮޑުބައެއް ނިންމާލެވޭނެކަމަށެވެ. އަދި 2027 ވަނަ އަހަރު ސްކޫލްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ