ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ކުލަބް އީގަލްސް 2-0 ން ބަލިކޮށް ކްލަބް ވެލެންސިއާ ތާވަލުގެ އެއްވަނަ އަށް ޖެހިލައިފި އެވެ.
ވެލެންސިއާ އަށް އެއްވަނަ ލިބެނީ ހަތަރު މެޗުން10 ޕޮއިންޓާއެކުގަ އެވެ. ދެ ވަނާގައިވަނީ އަށް ޕޮއިންޓާއެކު ޗެމްޕިއަން މާޒިޔާ އެވެ. އީގަލްސް އޮތީ އެންމެ ޕޮއިންޓަކާއެކު ހަތް ވަނާގަ އެވެ.
މިއަދު ހަވީރު ގަލޮޅު ދަނަޑުގައި ކުޅުނު މިމެޗުގައި ވެލެންސިއާގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ މެޗުގެ 16 މިނިޓްގައި އަލީ އަޝްފާގް (ދަގަނޑޭ) އެވެ. ދަގަޑޭ އެލަނަޑު ޖަހާދީފައިވަނީ ލިބުނު ޕެނެލްޓީއަކުންނެވެ.
ވެލެންސިއާގެ މިލަނޑާއި އެކު އީގަލްސގެ ކުޅުން އިތުރަށް ރަގަޅުކޮށް ލަނޑެއްޖެހޭތޯ މަސައްކަތް ކުރިތަންފެނިގެންދިޔައެވެ. އެހެންނަމަވެސް ފުރަތަމަ ހާފް ނިމުނީ އީގަލްސްއަށް ލަނޑެއްނުޖެހި ވެލެނސިއާ ކުރީގަ އޮވެގެންނެވެ.
ވެލެންސިއާގެ ދެވަނަ ލަނޑު އެޓީމަށް ފަހުހާފްގައި ކާމިޔާބު ކޮށްދިނީ ދަގަނޑޭ ހޯދައިދިން ޕެނަލްޓީއަކުން އަލީ ފާސިރު (ސެންޓޭ) އެވެ.މި ލަނޑަށް ފަހުވެސް ވެލެންސިއާއަށް ލަނޑިޖަހާނެ އިތުރު ފުރުސަތަކެއް ވަނީ ލިބިފައެވެ. އެގޮތުން ދަނަގަޑޭއަށް ލިބުނު ގިނަފުރުސަތުތަކުގެ ބޭނުންވަނީ ވަނީ ކުރެވޭގޮތްނުވެފައެވެ.


