ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރަން އެމްއޭސީއެލްއާ ހަވާލުކޮށްފި

ޚަބަރު ފަހުގެ

ލ. ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކޮށް އޮޕަރޭޓް ކުރުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހަވާލުކޮށްފިއެވެ.

ލ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުގެ ތެރެއިން އެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މޫސާ ޒަމީރު އެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ އިބްރާހިމް ޝަރީފްއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމްއޭސީއެލްއާ ހަވާލުކުރީ ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ އިތުރުން ލ. ފޮނަދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމަށެވެ.

ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރޭ ރައީސް ވިދާޅުވީ ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެއާޕޯޓަށް ބޭނުންވާ 114 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން 2،800 މީޓަރުގެ ދިގު ރަންވޭއެއް ހެދިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ސަރުކާރުގެ އަމާޒަކީ، ކައްދޫ އެއާޕޯޓުގެ ތަރައްޤީގެ މަޝްރޫޢު ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ނިންމުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފޮނަދޫއަށް 30 ހެކްޓަރުގެ ބިން ހިއްކުމަށް ވެސް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން ބިން ހިއްކުމުގެ މަސައްކަތް އަހަރެއް ތެރޭގައި ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ