އިސްރާއީލުން މިސްކިތުގެ އަޑި ކޮންނާތީ، އަގްސާ މިސްކިތުން ބައެއް ވެއްޓިދާނެކަމުގެ ބިރު އުފެދިއްޖެ

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ ދުނިޔެ

އިހުގެ މުސްކުޅި ގުދުސް ސިޓީގައި ހުންނަ މަސްޖިދުލް އަގްސާގެ ވަށައިގެންވާ ސަރަހައްދު، އިސްތިއުމާރީ އިސްރާއީލުން ކޮންނަމުން ގެންދާތީ، މިސްކިތުން ބައެއް ވެއްޓިދާނެ ކަމުގެ ބިރު އުފެދިފައިވާ ކަމަށް، ފަލަސްތީނު ސަރުކާރުގެ ގުދުސް ބަލަހައްޓާ އޮފީހުން ބުނެފިއެވެ.

އަގްސާ މިސްކިތް ވަށައިގެންވާ ސަރަހައްދުގެ އިތުރުން، އިސްތިއުމާރީ އިސްރާއީލުން ގެންދަނީ މިސްކިތުގެ ދަށުންވެސް ބައެއް ކޮންނަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރިޕޯޓްތައް ބުނާގޮތުގައި، އިސްރާއީލުން މަސައްކަތް ކުރަމުންދަނީ އަގްސާ މިސްކިތުގެ ދަށުން ބިންގަރާސްތަކެއް ހެދުމަށެވެ. އެގޮތުން، އެކްސްކަވޭޓަރުތައް ގެންގޮސް މުޅި ސަރަހައްދު ކޮންނަމުން އެބަ ގެންދެއެވެ.

އެ މަސައްކަތުގެ ތެރެއިން، އަގްސާ މިސްކިތް ކައިރީގައި ހުންނަ ދުވަސްވީ އިމަރާތެއްވެސް މިހާރުވަނީ ތަޅައި ބިމާހަމަކޮށްލާފައެވެ.

އެހެންވެ، އިސްރާއީލު ހުއްޓުވަން ފަލަސްތީނުގެ ކަމާބެހޭ އިދާރާތަކުން ގެންދަނީ އިސްލާމީ އުންމަތަށާއި، ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލަމުންނެވެ.

މަސްޖިދުލް އަގްސާއާއި، އެ މިސްކިތް ހުންނަ ގުދުސްއަކީ އިސްލާމީ ތާރީޚްގެ އެންމެ ދުވަސްވީ ތަންތަނެވެ. އަދި އެތަންތަނަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ މުސްލިމުންނަށްވެސް ނުހަނު މުހިންމު ތަންތަނެވެ.

މަސްޖިދުލް އަގްސާއަކީ މުސްލިމުންނަށް އެކަނި ޚާއްސަ މިސްކިތެކެވެ. މުސްލިމުންގެ ތިންވަނައަށް އެންމެ މުގައްދަސް ބިނާއެވެ، އެ މިސްކިތާއި، މިސްކިތް ހިމެނޭ އަގްސާ ހިމާޔަތް ކުރުމަކީ މުސްލިމު އުންމަތުގެ ކޮނޑުގައި އެޅިފައިވަ ދީނީ ވާޖިބެކެވެ.

ފަލަސްތީނުގެ ބިންތައް އިސްތިއުމާރު ކޮށްގެން އޮތް އިސްރާއީލުން މަސައްކަތް ކުރަމުން ގެންދަނީ، އަގްސާ މިސްކިތާއި، އަދި ގުދުސްގެވެސް ތާރީޚީ އޮނިގަނޑު ބަދަލުކޮށް، އެތަންތަނުގެ އަސްލު ބަދަލުކުރުމަށް ކަމަށް، ފަލަސްތީނުން ބުނެއެވެ.

އިސްތިއުމާރީ އިސްރާއީލުން ގެންދަނީ، އަގްސާ މިސްކިތަށް އަޅުކަމަށްދާ މުސްލިމުންނަށް ކޮންމެ ދުވަހަކު ހުރަސްއަޅައި، އަނިޔާވެސް ކުރަމުންނެވެ.

ހުކުރު ނަމާދަށްވެސް ވަކި އުމުރެއްގެ ބަޔަކު ނޫނީ ވަނަނުދީ، އެތައް ދުއްތުރާއެއް ކުރަމުން ގެންދެއެވެ.

އެހެން ނަމަވެސް، އިސްތިއުމާރީ ސިފައިންގެ ފުރިހަމަ ހިމާޔަތުގައި، ޔަހޫދީންގެ އަޅުކަމަށް ކޮންމެ ދުވަހަކު އެތައްސަތޭކަ ޔަހޫދީން އަގްސާ މިސްކިތުގެ ހަރިންމަ ތެރެއަށް ވަދެގަނެ، މިސްކިތުގެ ހުރުމަތް ކަނޑަމުން ގެންދެއެވެ. އެކަން ކުރުމުގައި އެންމެ އަރާހުންނަނީ، އިސްރާއީލުގެ ހަރުކަށި ޒަޔަނިސްޓު ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު ބެން ގްވީރެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ