ފޭދޫ ރައްޔިތުން ވަކިވާކަށް ބޭނުމެއް ނުވި، ހުޅުދޫ އާއި މީދޫ ރައްޔިތުން ބޭނުންވީ ވަކިވާން

ޚަބަރު ފަހުގެ

އައްޑޫގައި މިއަދު ނެގި ފެންނަ ނުފެންނަ ވޯޓުގައި، އައްޑޫ ސިޓީ ކައުންސިލާ އެކު ދެމިއޮންނަން ފޭދޫން ވޯޓު ދީފައިވާއިރު، މީދު އާއި ހުޅުދުއަށް ވަކި ކައުންސިލެއް ބޭނުންވާ ކަމަށް އެ ދެ ރަށުގެ ރައްޔިތުން ނިންމައިފިއެވެ.

ހުޅުދޫން ވޯޓުލީ މީހުންގެ 67 ޕަސެންޓް ނިންމީ ވަކިން ރަށު ކައުންސިލެއް އުފައްދަން ފެންނަ ކަމަށެވެ. އަދި މީދޫގައި ވަކި ކައުންސިލެއް އުފައްދަން 83 ޕަަސެންޓް މީހުން ވޯޓުދިނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ފޭދޫގައި ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް 73 ޕަސެންޓް މީހުން ވޯޓު ދިނެވެ.

މި އިންތިހާބުގައި ފޭދޫގެ 4،368 މީހަކަށް ވޯޓުލުމުގެ ހައްގު އޮތް އިރު ވޯޓުލީ 2،421 މީހުންނެވެ. މީދޫން 2،341 މީހަކަށް ވޯޓުލުމުގެ ހައްގު އޮތް އިރު ވޯޓުލީ 1،002 މީހުންނެވެ. ހުޅުދޫން 2،867 މީހަކަށް ވޯޓުލެވޭ އިރު ވޯޓުލީ 1،070 މީހުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ