ކަސްޓަމްސްގެ މުވައްޒަފުންނާއި އާއިލާ މެންބަރުންގެ އެސެޓް ޑިކްލަރޭޝަން ހަދަންޖެހޭގޮތަށް ގަވައިދު އިސްލާހުކުރަން އަންގައިފި

ޚަބަރު ފަހުގެ

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ހުރިހާ މުވައްޒަފުންނާއި އާއިލާ މެންބަރުންގެ އެސެޓް ޑިކްލަރޭޝަން ހަދަންޖެހޭގޮތަށް ގަވައިދު އިސްލާހުކުރަން ކަސްޓަމްސްއަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ، މޯލްޑިވްސް ކަސްޓަމްސް ސާވިސްއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ތައްޔާރުކޮށްފައިވާ ރިޕޯޓު ފާސްކޮށްފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ރިޕޯޓުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް އަންގާ އެންގުންތަކާއި، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއަށް އަންގާ އެންގުންތަކާއި، ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީއަށް އަދި ދިވެހި ފުލުހުންގެ ހިދުމަތަށް އަންގާ އެންގުންތަކެއް ހިމަނާފައިވެ އެވެ.

އެގޮތުން މި ރިޕޯޓުގައި ކަސްޓަމްސްއަށް އަންގާފައިވާ އެންގުންތަކުގައި ބުނެފައިވަނީ، ކަސްޓަމްސްގެ ވާޖިބާއި މަސްއޫލިއްޔަތުތައް ޤާނޫނުގައި ބަޔާންކޮށްފައިވާއިރު، އެ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާކުރުމަށް މިހާރަށްވުރެ ހަރުދަނާ ސިޔާސަތުތަކެއް ގާއިމުކޮށް، އެ މަސައްކަތް ކުރަން ރޭވިފައިވާ ގޮތާއި މަސައްކަތް ނިމޭނެކަމަށް ލަފާކުރެވޭ މުއްދަތު ހިމެނޭހެން ޓައިމްލައިންއެއް ތައްޔާރުކޮށް މަޖިލީހުގެ 241 ކޮމިޓީއަށް ހިއްސާ ކުރުމަށެވެ.

މަޖިލީހުުން ފާސްކުރި 241 ކޮމިޓީގެ ރިޕޯޓުގައި ވަނީ، ކަސްޓަމްސްގެ ޤާނޫނާއި ރާއްޖޭގެ ޤާނޫނުތަކާއި ހިލާފަށް އަމަލުކުރާ މުވައްޒަފުންގެ މައްސަލަތައް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ކަސްޓަމްސްއަކީ ރާއްޖޭގެ ޤާނޫނުތަކާ އެއްގޮތަށް ހިންގާ އަދި ރައްޔިތުންގެ އިތުބާރު އޮންނަ ހިދުމަތަކަށް ހެދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމަށާއި އެ މަސައްކަތް ކުރުމަށް ރޭވިފައިވާ ގޮތާއި މަސައްކަތް ނިމެނޭކަމަސް ލަފާކުރެވޭ މުއްދަތު ހިމެނޭހެން ޓައިމްލައިންއެއް ތައްޔާރުކޮށް މަޖިލީހުގެ 241 ކޮމިޓީއަށް ހިއްސާކުރުމަށް އަންގާފަ އެވެ.

”މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށާއި، މިފަދަ މައްސަލަތަކުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އަނބިން/ފިރިންނާއި ދަރިންގެ އެސެޓް ޑިކްލެއަރ ކުރަންޖެހޭގޮތަށް ގަވާއިދުތައް އިސްލާހުކޮށް އަދި، އެގޮތުން ހާމަކުރާ ފޯމްތައް ރިވިއުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެ ހަރުދަނާ މެކޭނިޒަމެއް މޯލްޑިވްސް ކަސްޓްމްސް ސަރވިސްގެ ތެރޭގައި ގާއިމުކުރުމަށާއި، އެ މަސައްކަތް ކުރަން ރޭވިފައިވާ ގޮތާއި މަސައްކަތް ނިމޭނެކަމަށް ލަފާކުރެވޭ މުއްދަތު ހިމެނޭނެހެން ޓައިމްލައިންއެއް ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް އެންގުމަށް.“ މަޖިލީހުން ފާސްކުރި 241 ކޮމިޓީގެ ރިޕޯޓުގައި އަންގާފައިވެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ