އީރާނުގެ ރޫހީ ލީޑަރު ރައްޔިތުންނަަށް: ޚަރަދުތައް ކުޑަކޮށް އިސްރާފް މަދުކޮށް ކާބޯތަކެތި އިގްތިސާދު ކުރޭ

ޚަބަރު ފަހުގެ ދުނިޔެ

 

ޚަރަދުތައް ކުޑަކޮށް އިސްރާފް މަދުކުރުމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އީރާނު ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޓީވީ މެދުވެރިކޮށް ގައުމާ މުޚާތަބު ކުރައްވާ ބުރާސްފަތި ދުވަހުގެރޭ ވާހަކަފުޅު ދައްކަވަމުން އީރާނުގެ ކަންކަމުގައި އެންމެ ފަހުބަސް ވިދާޅުވާ ނުފޫޒުގަދަ ލީޑަރު ވިދާޅުވީ، ހޭދަތައް ކުރުމުގައި ވީހާވެސް ޚަރަދު ކުޑަކުރަންޖެހޭ ކަމަށެވެ.

ކޮންމެހެން ބޭނުންވާ މިންވަރަށްވުރެ ގިނައިން ތަކެތި ބޭނުން ނުކުރުމަށާއި، އަދި ވީހާސް އިސްރާފް ކުޑަކުރުމަށް ޚާމަނާއީ އެދިވަޑައި ގެންނެވިއެވެ.

ކާބޯތަކެއްޗާއި އެނޫންވެސް ޟަރޫރީ ތަކެތި އިގްތިސާދު ކުރުމަށާއި، ބޭކާރު ގޮތުގައި އެތަކެތި ދުއްވާ ނުލުމަށްވެސް އެދިވަޑައިގެންފައި ވެއެވެ.

ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އީރާނުގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވި ކަންކަމުގެ ތެރޭގައި، އީރާނުގެ ރައީސަށާއި، އީރާނުގެ ސަރުކާރަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގަތުންވެސް ހިމެނެއެވެ.

ޚާމަނާއީ ވިދާޅުވީ، އީރާނުގެ ރައީސާއި އީރާނުގެ ސަރުކާރުން ކުރަމުންދަނީ ވަރަށް މުހިންމު މަސައްކަތްތަކެއް ކަމަށާއި، ރައްޔިތުންނަށް ކޮށްދެވޭނެ އެންމެ ރަނގަޅު ކަމަކީ، ރައީސަށާއި ސަރުކާރުގެ މަސައްކަތްތަކަށް ތާއީދުކުރުން ކަމަށެވެ.

ހަމަ އެއާއެކު، ޚާމަނާއީ ރައްޔިތުންނަށް ވިދާޅުވީ، ޚިޔާލު ތަފާތުވުންތައް ހުރުމަކީ އާންމު ކަމެއް ކަމަށާއި، އެހެން ނަމަވެސް އީރާނު އެއްބައިވަންތަ ގައުމެއްގެގޮތުގައި އޮތުމަށް އެހީތެރިވުމަށެވެ.

ދުޝްމަނުންގެ ކުރިމަތީގައި އީރާނު އޮންނަންޖެހޭނީ އެއްބައިވަންތަ އަދި އެކަތިގަނޑެއްގެ ގޮތުގައި ކަމަށްވެސް ރޫހީ ލީޑަރު ވިދާޅުވިއެވެ.

ޚާމަނާއީ ވިދާޅުވީ، އެމެރިކާއާއި ޒަޔަނިސްޓު ދައުލަތުން އީރާނަށް ހަމަލާދިނީ އެކަމަށް މަސައްކަތް ކުރާތާ 20 އަހަރު ފަހުން ކަމަށެވެ.

ޒަޔަނިސްޓުންނާއި އެމެރިކާ ގުޅިގެން އެންމެ ޒަމާނީ ހަތިޔާރު ބޭނުންކޮށްގެން އީރާނަށް ހަމަލާ ދިނުމުންވެސް އެއްވެސް ކަމެއް ހާސިލް ނުވި ކަމަށާއި، އެމީހުން އެނބުރި ދިޔައީ ބޮޑު ލަދުވެތިކަމަކާ އެކުގައި ކަމަށް ޚާމަނާއީ ވިދާޅުވިއެވެ.

12 ދުވަހުގެ ހަނގުރާމައިގެ ފަހުން، އެމެރިކާއާއި އިސްރާއީލު އަޑީގައި އޮވެވެގެން އދގެ ތެރެއިން އަނެއްކާވެސް ވަނީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

އެއީ، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލާގައި ހުޅަނގާއި އީރާނާ ދެމެދު ވެފައިވާ މުއާހަދާއާ އީރާނުން ޚިލާފް ނުވެ އޮއްވައެވެ. އެމީހުންގެ ބޭނުމަކީ އީރާނު ނިކަމެތި ކޮށްލުމެވެ.

އެމެރިކާއާއި ހުޅަނގުގެ ގައުމުތައް އަޑީގައި އޮވެގެން އދގެ ތެރެއިން އީރާނާ ދެކޮޅަށް ވިޔަފާރިއާއި، އިގްތިސާދީގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އޮންނަތާ އެތައް އަހަރެއް ވެއްޖެއެވެ. މައިގަނޑު ގޮތެއްގައި ފިޔަވަޅުތައް އަމާޒުކޮށްފައި އޮތީ އީރާނުގެ ނިއުކްލިއަރ އަދި މިސައިލްޕްރޮގްރާމަށެވެ.

ނަމަވެސް، އެ ފިޔަވަޅުތަކުން އީރާނަށް އަސަރު ނުކުރާކަން ހާމަވެގެންދިޔައީ އީރާނުން އިސްތިއުމާރީ އިސްރާއީލަށް ދިން ވަރުގަދަ ރައްދުތަކުންނެވެ. އީރާނުން ދިން މިސައިލް އަދި ޑްރޯން ހަމަލާތައް ވެގެންދިޔައީ އިސްރާއީލާއި އެމެރިކާއަށްވެސް ސިހުން ގެނުވި ހަމަލާތަކަކަށެވެ.

ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަދެނުގަތްނަމަ އީރާނުގެ ކިބައިން އިސްރާއީލު ސަލާމަތެއް ނުވީހެވެ.

އިރާނު ގަފަދަ އަދި ބަދަހިކަމުގައި އޮތުމަކީ އީރާނު ރައްޔިތުން ސަރުކާރާއެކު ތިބުމުގެ ނަތީޖާއެވެ.

އީރާނު ސަރުކާރުން ކުރަނީ ގޮށްމުށުގެ ވެރިކަމެއް ކަމަށާއި، ރައްޔިތުންނަށް އަނިޔާކުރާ ކަމަށް ހުޅަނގުން އެތައް ތުހުމަތެއް ކުރަމުންދާއިރު، އީރާނުގެ އެތެރެއަށް ޖާސޫސުން ފޮނުވައިގެންންނާއި، ބޮމުގެ ހަމަލާތައް ދީގެން އީރާނުގެ ވެރިކަން އިންގިލާބު ކޮށްލަން އެމެރިކާއާއި އިސްރާއީލުން އެތައް މަސައްކަތެއް ކުރިއިރުވެސް އެކަން ކާމިޔާބެއް ނުވިއެވެ.

މިއަހަރު ކުރި 12 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލަން އިސްރާއީލުން ވަރަށް މަސައްކަތް ކުރިއެވެ. އެއީ، ޚާމަނާއީ އަވަހާރަ ކޮށްލުމުން އީރާނުގެ އެތެރެ ރޫޅޭނެ ކަމަށް ހީކޮށެވެ.

ނަމަވެސް، ޚާމަނާއީ ހުންނެވި ތަނެއް ނޭނގުމުގެ ސަބަބުން އިސްރާއީލަށް އެކަން ނުކުރެވުނީކަން، ހަނގުރާމަ ނިމުނުފަހުން ވަނީ ހާމަވެގެން ގޮސްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ