ބޯޓު ބަންޑުންޖަހާލި ހާދިސާގައި ގެއްލިގެން ހޯދަމުންދިޔަ އެކަކު ނިޔާވެފައި އޮއްވާ ފެނިންޖެ

ޚަބަރު ފަހުގެ

ބޯޓު ބަންޑުންޖަހާލި ހާދިސާގައި ގެއްލިގެން ހޯދަމުންދިޔަ އެކަކު ނިޔާވެފައި އޮއްވާ ފެނި ންޖެއެވެ.

މިހާދިސާ ހިނގިއިރު ބޯޓުގައި ޖުމްލަ 4 މީހުން ތިބިއިރު އޭގެ ތެރެއިން 2 މީހަކު ވަނީ އެސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފައެވެ. ހޯދަމުން ދިޔައީ ދިވެއްސަކާއި ބަންގްލަދޭޝްއަށް ނިސްބަތްވާ 2 މީހުންނެވެ. މީގެ ތެރެއިން ދިވެހި މީހާގެ ހަށިގަނޑު ފެނިފައިވާއިރު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމްއެންޑީއެފުން ވިދާޅުވީ މިއަދު ހެނދުނު 7:27 ޖަހާކަށްހާއިރު ބަންޑުން ޖަހާލާފައިވަނީ “ބަލްމާ – 6” ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ކަމަށެވެ.

އެބޯޓު ތާޖު އެގްޒޯޓިކާ ރިޒޯޓު ކައިިރިއަށް ބަންޑުން ޖަހާލައިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއާއި ކޯސްޓުގާޑް ޑައިވަރުންގެ ޓީމެއް އެސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

ހުޅުމާލެއިން ފުރައިގެން ދޮންމާގާއަށް ދަތުރުކުރި މި ބޯޓާއި ބޯޓުގައި ހުރި ބައެއް ތަކެތި އޮޔާދާތީ، ދަތުރުވެރިން ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފުން ވަނީ ޢިލްތިމާސްކުރައްވާފައެވެ. މި ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ ހުޅަނގަށް ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން މަޢުލޫމާތު ދެއްވައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ