ޣައްޒާގައި ޣައިރުގާނޫނީ އިތުރު 764 ޔަހޫދީ އާބާދީ ހަދަން އިއުލާންކޮށްފި، ދުނިޔެ ކުޅިބަލަން

ޚަބަރު ފަހުގެ ދުނިޔެ

ހިފާފައިވާ ހުޅަނގު އައްސޭރީގައި ޣައިރުގާނޫނީ އިތުރު 764 ޔަހޫދީ އާބާދީ ހަދަން ޕްލޭންކޮށް، އިސްތިއުމާރީ އިސްރާއީލުން އެކަން އިއުލާން ކުރުމުން ހަމާސްއިން އެކަން ވަރަށް ބޮޑަށް ކުށްވެރި ކޮށްފިއެވެ.

ހަމާސްއިން ބުނެފައިވަނީ، މިއީ، ހިފާފައިވާ ހުޅަނގު އައްސޭރީގެ އިތުރު ބިންތަކަށް ވެރިވެގަތުމަށާއި، މުޅި ހުޅަނގު އައްސޭރީގެ ކޮންޓްރޯލް ނެގުމަށް ހިންގާ ޖަރީމާތަކެއް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ، ފަލަސްތީނު ރައްޔިތުން އެމީހުންގެ ގެދޮރާއި ބިމުން ގަދަކަމުން ބޭރުކޮށް އިސްތިއުމާރޫ ފުޅާކުރުމަށް ރާވައިގެން ހިންގާ ޖަރީމާއެއް ކަމަށެވެ.

ހިފާފައިވާ ހުޅަނގު އައްސޭރީގެ ތިން އާބާދީއެއްގައި، 764 ހައުސިން ޔުނިޓް އަޅަން ހުއްދަ ދީފައިވާކަން އިއުލާންކުރީ ހަރުކަށި ޒަޔަނިސްޓް ފައިނޭންސް މިނިސްޓަރ ސްމޮރިޗެވެ.

ހުޅަނގު އައްސޭރިއަކީ 1969 ވަނަ އަހަރު އިސްރާއީލާއި އަރަބި ބައެއް ގައުމުތަކަ ދެމެދު ކުރި 6 ދުވަހުގެ ހަނގުރާމައިގައި އިސްރާއީލުން ހިފާފައިވާ ރަށެކެވެ.

އެގެފަހުން، ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގެ ބިންތަކަށް ވެރިވެގަނެ، ޔަހޫދީ އާބާދީތައް ހަދައި، އެ ތަންތަނުގައި ޔަހޫދީން ވަޒަންވެރި ކުރަމުން ގެންދެއެވެ.

އެކަމަކު، މިއީ ބައިނަލް އަގްބާމީ ގާނޫނުތަކުން މަނާކޮށްފައިވާ ކަމެކެވެ. ފޯރތު ޖެނީވާ ކޮންވެންޝަން ބުނަނީ، އިސްތިއުމާރުކޮށްގެން އޮތްބަޔަކު އެ މީހުންގެ ރައްޔިތުން އިސްތިއުމާރުގެ ދަށުގައި އޮތް ބިންތަކުގައި ވަޒަންވެރި ނުކުރުވެނޭ ކަމަށެވެ.

އިސްރާއީލުން ކުރާކަމަކީ، ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިންތަކުގައި ޔަހޫދީ އާބާދީތައް ހެދުމަށްފަހު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ޔަހޫދީންނަށް ޕެކޭޖްތައް ދީގެން ގެންގޮސް ވަޒަންވެރި ކުރުވަނީއެވެ. އަދި ޔަހޫދީ އާބާދީތައް ހަދާ ހުރިހާ ބިންތަކަކީ އިސްރާއީލުގެ މިލްކަކަށް ހެދުމަށް ގާނޫނުތައްވެސް ފާސްކުރަނީއެވެ.

ޔަހޫދީ އާބާދީތައް ހަދާ ހުރިހާ ސަރަހައްދެއްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ނަމުގައި ސިފައިންގެ ޕޯސްޓްތައް ޖަހައި، ވަށައިގެން ކަނިނަރު ދަމައެވެ. އެކަމުގެ ސަބަބުން ފަލަސްތީނު ރައްޔިތުންގެ އާންމު ދިރިއުޅުމަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ