ޣައްޒާއަށް އެތެރެކުރާ އިންސާނީ އެހީގެ މިންވަރާ ގުޅޭގޮތުން އެމެރިކާ އެމްބަސެޑަރު ދޮގު ހަދައިފި

ޚަބަރު ފަހުގެ ދުނިޔެ

ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރާ މިންވަރާ ގުޅޭގޮތުން، އެމެރިކާއިން އދއަށް ކަނޑައަޅާފައި ހުންނަ އެމްބަސެޑަރ މައިކް ވާލްޒް ދޮގު ހަދައިގެން ވާހަކަ ދައްކައިފިއެވެ.

ރަފަހް ކްރޮސިންގ އަށް ޒިޔާރަތް ކުރުމަށްފަހު އެމެރިކާ އެމްބަސެޑަރ ބުނީ، އެއްބަސްވުމުގައި ވާގޮތަށް ޣައްޒާއަށް ދުވާލެއްގެ މައްޗަށް 600 ޓްރަކްގެ އިންސާނީ އެހީ އެތެރެކުރެވޭ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ނަމަވެސް، މިއީ ތެދު ނޫންކަން އދގެ އޭޖެންސީތަކާއި، ބައިނަލްއަގްވާމީ އިންސާނީ އެހީ ފޯރުކޮށްދޭ ޖަމާއަތްތަކުން ތަކުރާރުކޮށް ގެންދަނީ ބުނަމުންނެވެ.

އެމެރިކާގެ އެމްބަސެޑަރަށް ރައްދުދީ ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފައިވަނީ، ޣައްޒާއަށް މިހާރު ދުވާލެއްގެ މައްޗަށް އެތެރެ ކުރެވެނީ 234 ޓްރަކްގެ އެހީ ކަމަށެވެ.

އެމެރިކާ އެމްބަސެޑަރުގެ ވާހަކަތަކަކީ، އިސްތިއުމާރީ އިސްރާއީލުން ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުން ހުއްޓުވަމުންގެންދާ ދިއުމާއި، ރައްޔިތުން ބަނޑަށްޖައްސަން ހިންގާ ޖަރީމާތަކުން އިސްތިއުމާރީ އިސްރާއީލު ދިފާއުކުރުމުގެ ގޮތުން ދެއްކި ދޮގު ވާހަކަތަކެއް ކަމަށް، ޣައްޒާ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

ބަޔާނުގައި ބުނެފައިވަނީ، އެއްބަސްވުމުގެ ދަށުން މިހާތަނަށް ޣައްޒާއަށް 37،200 ޓްރަކްގެ އެހީގެ ސާމާނު އެތެރެކުރަން ޖެހޭއިރު، މިހާތަނަށް އެތެރެވެފައިވަނީ 14،534 ޓްރަކްގެ އެހީ ކަމަށެވެ.

ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރާ ހުރިހާ މަގުތަކެއް ކޮންޓްރޯލް ކުރަނީ އިސްތިއުމާރީ އިސްރާއީލުންނެވެ.

ދޮރާށިތައް ހުޅުވަން އިސްރާއީލުން އަދިވެސް ގެންދަނީ ދެކޮޅު ހަދަމުންނެވެ.

އދގެ ހުރިހާ އެޖެންސީތަކުންވެސް ތަކުރާރުކޮށް ބުނަމުން ގެންދަނީ، ޣައްޒާއަށް އެކަށީގެންވާ މިންވަރާ ގާތަށްވެސް އެހީ އެތެރެ ނުކުރެވޭ ކަމަށެވެ.

ތޫފާނާއި، ގަދަ ވިއްސާރައާއި، ފިނި މޫސުމާ ޣައްޒާ ކުރިމަތިލިއިރު، އެކަމުން އާންމުން ސަލާމަތް  ކުރުމަށް މޮބައިލް ގެތަކާއި، ޓެންޓާއި، ޚާއްސަ ހެދުމާއި، އެނޫންވެސް ތަކެތި ބޭނުންވާކަން އެހީދޭ ޖަމާއަތްތަކުން ތަކުރާރުކޮށް ގެންދިޔައީ ބުނަމުންނެވެ.

ނަމަވެސް، އިސްތިއުމާރީ ބާރުން އެއިން އެއްވެސް އަޑެއް ނޭހިއެވެ. ރައްދުގައި ބުނަމުން ގެންދިޔައީ، ޣައްޒާގެ ރައްޔިތުން އަރާމުގައި ދިރިއުޅުމަށް ބޭނުން ކުރެވިދާނެ އެއްވެސް އެއްޗެއް އެތެރެކުރިޔަ ނުދޭނޭ ކަމަށެވެ.

މި އަނިޔާވެރި ސިޔާސަތުގެ ދަށުން، ޣައްޒާއަށް މުހިންމު ކާބޯތަކެއްޗާއި، ބޭހާއި، ސްޕެއަރޕާޓްސް ފަދަ ތަކެތި އެތެރެކުރަންވެސް ގެންދަނީ ހުރަސް އަޅަމުންނެވެ.

މުޅި ދުނިޔެ މި ވާހަކަ ކެނޑިނޭޅި ދައްކަމުން ގެންދަނިކޮށް އަދި ޣައްޒާގެ ހާލަތު އެންމެނަށް އެނގި ހާމަވަމުން ދާއިރުވެސް، އިސްރާއީލުގެ ދަށުވެ ފިތިފައިވާ އެމެރިކާއިން ގެންދަނީ އިސްރާއީލުން ހިންގާ ލާއިންސާނީ ޖަރީމާތައް ފޮރުވަން މަސައްކަތް ކުރަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ