މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޅުދުއްފުށި ސިޓީން ދެ މީހުން ހައްޔަރުކޮށްފި

ޚަބަރު ފަހުގެ

މި މައްސަަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހދ. ހަނިމާދޫ / ނަޞްރު، މުޙައްމަދު ޝާކިރު (47އ) އާއި ހދ. ކުޅުދުއްފުށި / މޫންރީފް، މުޙައްމަދު އިބްރާހީމް (38އ) އެވެ.

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 13 ރަބަރު ޕެކެޓު މުޙައްމަދު އިބްރާހީމްގެ އަތުން ފެނިފައިވެއެވެ. އަދި މުޙައްމަދު ޝާކިރުގެ އަތުން ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު އިބްރާހީމް (38އ) ހަތްދުވަހަށް އަދި މުޙައްމަދު ޝާކިރު (47އ) ފަސްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ