މާޗް 9 އިން ފެށިގެން މިއަހަރުވެސް ފަހު ދިހައެއް ބަންދު

ޚަބަރު ފަހުގެ

އަންނަ މަރޗް މަހުގެ 9 ވާ ހޯމަ ދުވަހުން ފެށިގެން ރަމަޟާންމަހުގެ ފަހުދިހައެއްގައި ސަރުކާރުގެ އޮފީސްތައް ބަންދުވާނެއެވެ. މިއީ ދީނީ ކަންކަމަށް ފުރުޞަތު ފަހިކޮށްދިނުމަށް، ރައީސުލްޖުމްހޫރިއްޔާ ޑ.މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ފަހުދިހައެއް ބަންދުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާ އެގޮތަށް ޢަމަލުކުރަން ފަށާފައިވަނީ 1445 ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެންނެވެ. އެދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 4 ފެބުރުވަރީ 2024 ގައި ނެރުއްވި ދެންނެވުމުން ވަނީ ހަމަޖައްސަވާފައެވެ. މިގޮތަށް ހަމަޖެއްސެވީ އިސްލާމީ އުސޫލުތައް ގާއިމުކުރެއްވުމަށާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރަމާޟާން މަހުގެ ފަހުދިހައަކީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސިނަމަވެސް، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ދިނުމުގެ އިންތިޒާމު، އެ މުއައްސަސާއަކުން ހަމަޖެއްސުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމުގައި ވަނީ އަންގަވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ