ހިރިމަރަދޫ ރައްޔިތުންނަށް ގޯތިދިނުމާއި ދެކޮޅަށް ހަނިމާދޫ ޒުވާނުންތަކެއް ސައިކަލް ބުރެއް ކުރިއަށް ގެންގޮސްފި

ހަނިމާދޫ ފަހުގެ

މިއަދު ހަވީރު ހަނިމާދޫ ބޮޑެތި މަގުތަކުގައިކުރިއަށްގެންދިއަ މިސައިކަލް ބުރުގައި ޒުވާނުން ވަނީ ހަނިމާދޫ ރައްޔިތުން ފާސްކޮށްފައިވާ ލޭންޑްޔޫސް ޕްލޭންގައި ހަނިމާދޫ ރައްޔިތުންނަށް ގޯތިދިނުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި ހިރިމަރަދޫ ރައްޔިތުންނަށް ގޯދިދިނުމާއި ދެކޮޅަށް އަޑުއުފުލާފައެވެ. އަދި އެހެންބަޔަކަށް ގޯތި ދޭންވާނީ ހަނިމާދޫގައި ބޯހިޔާވަހިކަމަށްބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައި ކަމަށްވެސް އެޒުވާނުން ވަނީ ގޮވާލާފައެވެ.

ޒުވާނުންގެ ތެރެއިން ވާހަކަދެއްކި ބައެއްފަރާތްތަކުން ވަނީގޯތި ދިނުމުގެ ބަދަލުގައި ޓަވަރު ގޮތަށް އިމާރާތްތައް ހަދައި އެހެން ރަށްރަށުގެ މީހުންގެނެސް ސިޓީއަކަށް ވެސް ހަދަން ރުހޭކަމަށްވެސް ބުނެފައެވެ، ނަމަވެސް މިކަމުގެ ކުރިން ހަނިމާދޫގައި ތިބި ބޯހިޔާވަހި ކަމަށް ބޭނުންވާ މީހުންނަށް އެކަން ކޮށްދިނުމަށް އެޒުވާނުން ގޮވާލިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ސައިކަލް ބުރު ކުރިއަށް ދިޔަ ވަގުތު ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުންހަނިމާދޫގެ ޒުވާނުން ނިކަމެތިކޮށްނުލުމަށް އެދި ހުށައަޅާ ޕެޓިޝަނެއްގައި ވެސް ސޮއިކުރުން ކުރިއަށް ގެންގޮސްފައިވެއެވެ. ސައިކަލް ބުރު އިންތިޒާމު ކުރިފަރާތުން މައުލޫމާތު ދޭގޮތުގައި އެޕެޓިޝަނުގައި މިހާތަނަން 150 ށް ވުރެ ގިނަފަރާތުންމިހާރު ވަނީ ސޮއިކޮށްފައެވެ،

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ