ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާގޮތަށް ހަދަން އުޅެނީ ރިޔާސީ ދައުރު ދަންމާލުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮގު ކުރައްވައިފި އެވެ.
ސަންގު ޓީވީން މިރޭ ގެނެސްދިން ޕްރޮގްރާމެއްގައި ޒުވާނަކު ވަނީ، ރައީސް އުޅުއްވަނީ ރިޔާސީ ދައުރު ދަންމާލަން ކަމަށް ބައެއް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތަކާ ގުޅޭގޮތުން ސުވާލުކޮށްފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެކަހަލަ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ. އަދި މިހާރު ނަގަން އުޅޭ ރެފަރެންޑަމް ވޯޓުގައި އެފަދަ އެއްވެސް ކަމެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ. ރިޔާސީ ދައުރު ދަންމާލުމުގެ ވާހަކަ ރެފަރެންޑަމްގައި ނޯންނާނެކަން ހާމަކުރައްވާ ރައީސް ވިދާޅުވީ އެ ވޯޓުގައި އޮންނާނީ މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރުކޮށްލުމުގެ ވާހަކަ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ރެފަރެންޑަމް ވޯޓަކީ ރިޔާސީ ދައުރު ދިގު ކުރަންވެގެން ނަގާ ވޯޓެއް ކަމަށް ލިޔެފައިވާ ބެނާތައް މާލޭގެ މަގުމަތިން އެމަނިކުފާނަށްވެސް ފެނިވަޑައިގަންނަވާ ކަމަށެވެ. އެ ތަކެތި ފެނުމުން މި އުލެވެނީ ކޮން ގައުމެއްގައިބާއޭ އެމަނިކުފާނުވެސް ސުވާލު އުފެދޭ ކަމަށާއި، ހަމަގައިމުވެސް ރާއްޖޭގައި ރިޔާސީ ދައުރު ދިގު ކުރުމުގެ އެއްވެސް ކަމެއް ކުރަން ނޫޅާ ކަމަށް ރައިސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމުން އޮތީ ފައިދާކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ، މިކަމުން އިންތިހާބު މިނިވަން އިންތިހާބަކަށް ވުމުގެ އިތުރުން ހަރަދުތައް ކުޑަވެ، ޑިމޮކްރަސީ އިތުރަށް ހަރުދަނާވާނެ ކަމަށެވެ.