އެއްގަމުމަގުން އީރާނަށް އަރައިގަންނަން އުޅޭ ޚަބަރާއެކު އީރާނު ތައްޔާރީ ހާލަތަށް! “އެންމެ ދުޝްމަނަކުވެސް ސަލާމަތްނުވާނެ”

ޚަބަރު ފަހުގެ ދުނިޔެ

އެމެރިކާ ސިފައިން އެއްގަމުމަގުން އީރާނަށް އަރައިގަންނަން އުޅޭކަމުގެ ވާހަކަތަކުގެ އަޑުތައް އަނެއްކާވެސް ގަދަވާން ފަށައިފިއެވެ. އެކަމުގެ ނިޝާންތައް ފެންނަމުންދާ ކަމަށްވެސް ބުނަމުން އެބަ ގެންދެއެވެ.

އެމެރިކާގެ ކަނޑުގެ ސިފައިންނާއި އެއްގަމު ސިފައިންގެ ބައިލައްކައަށްވުރެ ގިނަ ސިފައިން މިހާރުވެސް މެދުއިރުމަތީގައި އެބަ ތިއްބެވެ. ހަނގުރާމައިގައި ބޭނުންކުރާ އެންމެ ބިޔަ ޔޫއެސްއެސް އަބްރަހަމް ލިންކަން ހިމެނޭ ލަޝްކަރުވެސް އެބައޮތެވެ. ހަނގުރާމައިގެ އިތުރު އެތައް މަނަވަރަކާއި، ހަނގުރާމައިގެ ޖެޓުތަކާއި، މަތިންދާ ބޯޓުތަކާއި، ތެޔޮ އަޅައިދޭ ބޯޓުތަކާއި، ޑްރޯންތަކާއި ސަބްމެރިންތައްވެސް ސަރަހައްދަށް ޖަމާކޮށްފައި ވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހަފްތާގައި ބުނެފައިވަނީ، އެމެރިކާއިން އީރާނުގެ ކައިރިއަށާއި، ސަރަހައްދަށް ޖަމާކުރި ހަނގުރާމައިގެ މަނަވަރުތަކާއި، މަތިންދާ ބޯޓުތަކާއި، ޖެޓުތަކާއި، ސިފައިން އަދި “އީރާނު ސުންނާފަތިކޮށްލަން” ބޭނުން ކުރެވިދާނެ ހުރިހާ އެއްޗެއް ސަރަހައްދުގައި ބަހައްޓާނެ ކަމަށާއި، ލަޝްކަރުތައް އަނބުރާ ނުގެންދާނެ ކަމަށެވެ.

އެމެރިކާގެ އެތަކެއްހާސް ސިފައިންނާއި، ހަތިޔާރުތައް ސަރަހައްދަށް ޖަމާކޮށްފައި ވަނިކޮށްވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް އެމެރިކާ 2،500 ކަނޑުގެ ސިފައިން ހިމެނޭ ޚާއްސަ ފައުޖަކާއެކު ޔޫއެސްއެސް ބޮކްސަރ މިހާރުވަނީ މެދުއިރުމައްޗަށް މިސްރާބު ޖަހާފައެވެ. އަދި ހަނގުރާމަމަތީ މަތިންދާ ބޯޓުތައް އުފުލާ އަދި ނިއުކްލިއަރ ޖހަކަތައިން ދުއްވާ ޔޫއެސްއެސް ޖޯޖް އެޗްޑަބްލިޔޫ ބުޝް މަނަވަރުވެސް މިހާރުވަނީ ސަރަހައްދަށް މިސްރާބު ޖަހާފައެވެ. އޭގައި އެކަނިވެސް 6،000 ސިފައިން ދަތުރުކުރެއެވެ.

އެމެރިކާ އަސްކަރިއްޔާގެ ޔޫއެސްއެސް ޓްރިޕޮލީވެސް އިތުރު 3،500 ކަނޑުގެ ސިފައިންގެ ޚާއްސަ ފައުޖަކާއެކު އީރާނާ ގާތަށް ދަތުރުކުރަމުން އެބަ ގެންދެއެވެ.

އެމެރިކާގެ އަމަލުތައް ހުރިގޮތުން މިއީ، އެއްގަމުމަގުން އީރާނަށް އަރައިގަތުމަށް އުޅޭކަމުގެ ވަރަށް ސާފު ނިޝާނެއް ކަމަށް މަސްރަހް ދިރާސާކުރާ އެކިއެކި ފަރާތްތަކުން ބުނެއެވެ. ރަޝިޔާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލުންވެސް ބުނެފައިވަނީ، އެމެރިކާ ސިފައިން ތައްޔާރުވަމުންދަނީ އެއްގަމުމަގުން އީރާނަށް އަރައިގަތުމަށް ކަމަށާއި، އެއްބަސްވުމެއް ހެދުމުގެނަމުގައި އީރާނާ ވާހަކަ ދައްކާކަމަށް އެމެރިކާއިން ހަދަނީ އީރާނަށް އަރައިގަތުމުގެ ނިވާފައްގަނޑެއްގެ ގޮތުން ކަމަށެވެ.

ކުރިން ދެފަހަރުވެސް އެމެރިކާއިން ކަންތައް ކޮށްފައިވަނީ އެ ބީދައިންނެވެ. 2025 ވަނަ އަހަރު އިސްރާއީލުން އީރާނަށް ބޮންއަޅަންފެށީ އެމެރިކާއާއި އީރާނުން ވާހަކަ ދައްކައި އެއްބަސްވުމެއް އެކުލަވާލުމާ ގާތަށް ގޮސްފައި ވަނިކޮށެވެ. އިސްރާއީލުން އީރާނަށް ބޮންއަޅަން ފެށީ ޓްރަމްޕްގެ ހުއްދަވެސް ހޯދައިގެންނެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ބޮންއަޅަން ފެށީ، އެމެރިކާއާއި އީރާނާ ދެމެދު ބޭއްވި ވާހަކަތަކުގައި އެމެރިކާއިން ހުށަހެޅި ހުރިހާ ޑިމާންޑްތަކަށްހެން އީރާނު އެއްބަސްވެފައި ވަނިކޮށެވެ.

ވީމާ، އެމެރިކާއިން ވާހަކަތައް ބާއްވަނީ އީރާނު ލައްވައި އެއްބަސްވުމެއް ހެދުމުގެ މަގްސަދުގައި ނޫންކަން ކުރީގެ ދެފަހަރުންވެސް ސާފުވެގެން ގޮސްފައި ވެއެވެ. ވާހަކަތައް ބާއްވަނީ އީރާނަށް ހަމަލާދޭން ތައްޔާރުވާން ވަގުތު ހޯދުމާއި، އެމެރިކާގެ މާރުކޭޓުތަކުގެ އަގުތައް ތިރިކުރަން ފުރުސަތު ހޯދުމުގެގޮތުންކަން ޓްރަމްޕްގެ އަމަލުތަކުން ހާމަވެގެން ގޮސްފައި ވެއެވެ.

މިހާރު ފެތުރެމުންދާ ރިޕޯޓްތަކާއި، އެމެރިކާ ސިފައިންގެ އަމަލުތަކާއި، ޓްރަމްޕްގެ އަމަލުތައް ހުރިގޮތުންވެސް އެމެރިކާއިން އުޅެނީ އެހެން ކަމަކުކަން އެނގެއެވެ. އީރާނާއި އެމެރިކާ އެއްމޭޒު ދޮށަށް ގެންނަން ޕާކިސްތާނުން ގަދައަޅައި މަސައްކަތް ކުރަމުން ގެންދާއިރު، އަދި އީރާނާއެކު ދެވަނަ ބުރުގެ ވާހަކަތައް ބާއްވަން އެދޭކަން ޓްރަމްޕް ހާމަކުރަމުން ދިއުމާއެކުވެސް އެމެރިކާއިން މިގެންދަނީ އީރާނަށް އަރައިގަތުމަށް ތައްޔާރުވަމުންނެވެ.

އެމެރިކާއިން އެއްގަމުމަގުން އީރާނަށް އަރައިގަތުމަށް އުޅެނީ ދެކަމެއް ހާސިލް ކުރުމަށެވެ. އެއްކަމަކީ އީރާނުން ފައްކާކޮށްފައި ހުރި 400 ކިލޯގެ ޔޫރޭނިއަމް ފޭރިގަތުމަށެވެ. ދެވަނަ ކަމަކީ، އީރާނުގެ ތެލުގެ އެކްސްޕޯޓުގެ މައި ހަބް ކަމަށްވާ ޚަރްޖް އައިލެންޑް ހިފައި އީރާނުގެ ތެޔޮ ފޭރިގަތުމެވެ. މިކަން ކުރުމަށްޓަކައި ޚަރްޖް އައިލެންޑް ހިފުމުގެ އިތުރުން، އީރާނުގެ އައްސޭރިފަށް އެއްކޮށް ހިފަންވެސް އެމެރިކާ ސިފައިން ތައްޔާރުވެފައިވާ ކަމަށް، ރިޕޯޓްތައް ބުނެއެވެ. އީރާނާ ދެކޮޅަށް ޓްރަމްޕް ހަނގުރާމައަށް ދިޔައީވެސް އީރާނުގެ ތެލުގެ ދަހިވެތިކަމުގައި ކަމަށް ޚުދު އޭނާވެސް ބުނެފައި ވެއެވެ.

އެމެރިކާގެ ރައީސާއި، އޭނާގެ ހަނގުރާމައިގެ ކެބިނެޓުން ހިންގާން އުޅޭ ޖަރީމާތަކުގެ މައުލޫމާތާއެކު އީރާނު އަސްކަރިއްޔާގެ ހުރިހާ ވިންގުތަކާއި، އިންގިލާބީ ލަޝްކަރުވެސް މިހާރުވަނީ ފުރިހަމަ ތައްޔާރީ ހާލަތަށް އައިސްފައެވެ. އަދި އީރާނުގެ ބޯޑަރުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް ފޯރިމެރުން އިތުރުކޮށްފައި ވެއެވެ.

އީރާނު އަސްކަރިއްޔާގެ ޖެނެރަލް ކޮމާންޑުގެ ތަރުޖަމާނު އަސްކަރިއްޔާގެ ލަޝްކަރުތަކަށް ގޮވާލައްވާފައިވަނީ، އީރާނުގެ ބިމުގެ ސަރަހައްދަށް ވަދެގަންނަ ދުޝްމަނުންގެ އެންމެ ސިފައިންގެ މީހަކުވެސް ދިރިހުރެގެން ނުވާނޭ ކަމަށެވެ.

އެމެރިކާ ސިފައިން އެއްގަމުމަގުން އީރާނަށް އަރައިގަންނަން އުޅޭކަމުގެ ރިޕޯޓްތަކާއެކު އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ މުޖުތަބާ ޚާމަނާއީގެ އެންމެ އިސް އަސްކަރީ މުޝީރު އަދި އިންގިލާބީ ލަޝްކަރުގެ ކުރީގެ ކޮމާންޑަރު މުހުސިން ރިޒާއީވަނީ އެމެރިކާއަށް ވަރަށް ވަރުގަދަ އިންޒާރުތަކެއްވެސް ދެއްވާފައެވެ.

މުހުސިން ރިޒާއީ ވިދާޅުވީ، އީރާނުގެ ހިތްވަރުގަދަ ލަޝްކަރުތަކުން އެމެރިކާ ސިފައިން ބަލިކުރާނޭ ކަމަށާއި، އީރާނުގެ ފަސްގަނޑަށް އަރައިފިނަމަ އެމެރިކާ ސިފައިންގެ އެތަކެއްހާސް ސިފައިން އަތުލައި ގަންނާނޭ ކަމަށެވެ.

އަދި އީރާނުން އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކު ދޫކޮށްލާނީ، ކޮންމެ މީހަކަށް ބޮލަކަށް އެއްބިލިއަން އެމެރިކާ ޑޮލަރު ދިނުމުން ކަމަށްވެސް މުހުސިން ރިޒާއީގެ އިންޒާރުގައި ވިދާޅުވެފައި ވެއެވެ.

އެމެރިކާ ސިފައިންގެ ޕައިލެޓެއް ސަލާމަތް ކުރުމުގެ ނަމުގައި އީރާނުގެ ނަޓާންޒް ނިއުކްލިއަރ ސައިޓްގައި ހުރިކަމަށް ބުނާ ޔޫރޭނިއަމް ވަގަށް ނަގަން އެމެރިކާގެ ޚާއްސަ ފައުޖަކުން އީރާނުގެ ތެރެއަށް ވަދެގަނެ ހިންގި އޮޕަރޭޝަންވެސް އީރާނުން ނާކާމިޔާބު ކޮށްލީއެވެ. އެމެރިކާ ސިފައިންގެ ހެލިކޮޕްޓަރުތަކާއި، މަތިންދާ ބޯޓުތައް އީރާނުން ގޮއްވާލައި އެމެރިކާ މުޅި ދުނިޔެއަށް ބޭޒާރުކޮށްލީއެވެ. މިހާރު އެ އުޅެނީ އަނެއްކާ ބޮނޑިބޯށެވެ!

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ