ރައީސާ ގުޅުވައި ޙަޤީޤަތާ ޚިލާފު ވާހަކަ ފެތުރި ފަރާތްތަކަށް ދަޢުވާކުރަނީ

ޚަބަރު ފަހުގެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ގުޅުވައިގެން ހަގީގަތާ ޚިލާފު ވާހަކަ ފެތުރި ފަރާތްތަކަށް ދައުވާ ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރާއްޖޭގެ އޮންލައިން ނޫހަކުން ދާދިފަހުން އެމަނިކުފާނާ ގުޅުވައިގެން ނެރުނު ވީޑިއޯ ޑޮކިއުމަންޓްރީއާ ގުޅިގެން، އެ ޑޮކިއުމެންޓްރީ ހެދި ނޫހުގެ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ އެ ޑޮކިއުމަންޓްރީގައި އެމަނިކުފާނަށް ތުހުމަތުކޮށްފައިވާ ވާހަކަތަކަކީ ޙަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ. އެހެންވެ، އެ ވާހަކަތައް ފެތުރި ފަރާތްތަކަށް ދައުވާ ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“ކަނޑައެޅިގެން ދޮގު ވާހަކައެއް ތިއީ. އަދަދު ނޫހުން ތިވިދާޅުވީ ތިބޭފުޅުން ހެއްދެވި ވީޑިއޯއެއްގެ ވާހަކަ. އެނގިވަޑައިގަންނަވާނެ ކަނޑައެޅިގެން ދޮގުވާހަކަ ހިމެނޭގޮތަށް ތިބޭފުޅުން ވީޑިއޯއެއް ހެއްދެވި ހެއްދެވުމަށް ތި އިއުތިރާފުވެވަޑައިގެންނެވީ. މިފަދަ ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާދެކޮޅަށް ދައުވާކުރަން އަޅުގަނޑު އެދެން ކަމާބެހޭ ހުރިހާ ފަރާތްތަކުގެ ކިބައިން،” ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެ ކުރިންވެސް އެމަނިކުފާނަށް އަމާޒުކޮށް އެ ނޫހުން އެފަދަ ވީޑިއޯއެއް ހަދާފައިވާކަން ފާހަގަކުރައްވާފައެވެ. އެއީވެސް ހަގީގަތާ ޚިލާފު ވާހަކަތައް ހިމެނޭ ވީޑިއޯއެއް ކަމަށާއި އެފަދަ ވީޑިއޯތައް އެ މީޑިއާއިން ހެދުމަކުން ހައިރާންވެވަޑައިނުގަންނަވާ ކަމަސް ރައީސް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ