ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް އެ ކުންފުނީގެ ކުރީގެ ޗެެއާމަން އަފީފް

ޚަބަރު ފަހުގެ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެ ކުންފުނީގެ ކުރީގެ ޗެެއާމަން މުހައްމަދު އަފީފް ހުސެއިން މިއަދު އައްޔަންކޮށްފި އެވެ. މިއީ މި ސަރުކާރުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރެއްވި ތިންވަނަ ފަރާތެވެ.

ޕީސީބީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށާއި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މއ. ވޭވްސައިޑް 304 ފްލެޓް، އަފީފު މިއަދު އައްޔަންކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ދައުލަތަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ އަފީފަކީ ޝަރީއާގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އަދި އޭނާއަކީ ސިންގަޕޫރު މެނޭޖްމަންޓް ޔުނިވާސިޓީން ބޯޑް އެގްޒެކެޓިވް ސެޓްފިކެޓް އިން ޑައިރެކްޓާޝިޕް ވެސް ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ.

އަފީފު މީގެ ކުރީން ވަނީ ހައުސިން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގެ އިތުރުން ފެނަކަ، ސްޓެލްކޯ، ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)ގެ ޗެއާމަންގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ. އަފީފް އެންމެ ފަހުން ހުންނެވީ އެމްޓީސީސީގެ ޗެއާމަންގެ މަގާމުގައެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ މި ސަރުކާރުގައި 23 ޑިސެންބަރު 2023 ގައެވެ.

ފެނަކައަށް އާ އެމްޑީއެއް މި އައްޔަންކުރީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި މުހައްމަދު ނަޖާހު މި މަހުގެ ހަވަނަ ދުވަހު ވަކިކުރެއްވުމުންނެވެ. ޑިސެމްބަރު 23، 2024 ގައި އެ ކުންފުނީގެ އެމްޑީގެ މަގާމަށް އައްޔަން ކުރެއްވި ނަޖާހު އެ މަގާމުން ވަކިކުރެއްވި ސަބަބެއް ސަރުކާރުން ނުބުނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ