ޒޯން-1 ފައިނަލްގައި ދިއްދޫ ބަލިކޮށް ހަނިމާދޫ ޗެމްޕިއަންކަން ހޯދައިފި

ހަނިމާދޫ ކުޅިވަރު ފަހުގެ

މިއަދު ދިއްދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލްގައި ހަނިމާދޫ ޗެމްޕިއަންކަން ހޯދީ 6-8 އިން ދިއްދޫ ބަލިކޮށްގެންނެވެ.

ފުރިހަމަ ވަގުތު ހަމަވީއިރު 3-3 ވަނީ ދެޓީމް އެއްވަރުވެފައެވެ. އެހެންވެ ނަތީޖާ ނެރުނީ ޕެލަންޓީ ޖަހައިގެން 8-6 ންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހަނިމާދޫ ޓީމުގެ 2 ލަނޑު ސިފާން ހަސަން ކަމިޔާބު ކުރިއިރު އަނެއް ލަނޑު ކާމިޔާބު ކޮށްދިނީ އޭނާގެ ބޭބެ މުޙައްމަދު ހަސަނެވެ.

ޮެޕެލަންޓީ ޝޫޓް އައުޓްގައި ހުސައިން ޝަރީފުވަނީ ދިއްދޫ ޓީމުގެ އެއް ޕެނަލްޓީ މަތަކޮށް ޓީމް ހަނިމާދޫއަށް ހިތްވަރު އައުކޮށްދީފައެވެ.

ދިއްދޫ ފައިނަލަށް ދަތުރުކުރީ ފުރަތަމަ މެޗު 4-1 އިން ކުޅުދުއްފުށީ ސިޓީ ބަލިކޮށް އަދި ދެވަނަ މެޗުގައި 2-2 އިން ހަނިމާދޫ އާއި އެއްވަރު ކޮށްގެންނެވެ. ހަނިމާދޫ ފައިނަލަށް ދިޔައީ ދިއްދޫ މެޗު އެއްވަރުވެ، 3-0 އިން ކުޅުދުއްފުށީ ސިޓީ ބަލިކޮށްގެންނެވެ.

ނޯތު ރީޖަން ލީގުގައި ވާދަކުރާނީ ހަނިމާދޫއާއި ދިއްދޫގެ އިތުރުން ނ. މަނަދޫ އަދި ބ. އޭދަފުއްޓެވެ. މި ބުރު އޮންނާނީ އޭދަފުށީގައެވެ

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ