މިހާރު ވާހަކަ ދައްކަނީ ފޯނުން، ޓްރަމްޕް ހިފަނީ އިސްރާއީލުގެ ޑިމާންޑަށް، އީރާނު ބުނަނީ ސޮރީއޭ!

ޚަބަރު ފަހުގެ ދުނިޔެ

ދުނިޔޭގެ އެކި ކަންކޮޅުތަކުން އީރާނުގެ ބަނދަރުތަކަށް ދަތުރުކުރާ ތެޔޮ ޓޭންކަރުތަކާއި، އަދި އީރާނުގެ ބަނދަރުތަކުން ފުރައިގެންދާ ތެޔޮ ޓޭންކަރުތަކަށް ހުރަސްއަޅާހާ ހިނދަކު އެމެރިކާއާ މަޝްވަރާ ކުރުމެއް ނެތްކަމަށް އެންމެ ފުރަތަމަ ބުނީ އީރާނުންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް އޭނާގެ ނައިބް ރައީސް ދެވަނަ ފަހަރަށް ޕާކިސްތާނަށް ފޮނުވަން އުޅުމުން ތަކުރާރުކޮށް ވާހަކަތަކަށް ނުދާނޭ ކަމަށް ބުނެ ދެކޮޅު ހެދީވެސް އީރާނުންނެވެ. ޓްރަމްޕް އިންޒާރުދީ ބިރު ދެއްކުމުންވެސް އެކަމަށް ފުރަގަސްދިނީ އީރާނުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އީރާނުން ބުނަމުންދަނީ، އެމެރިކާގެ ބްލޮކޭޑް މުޅިން އުވާނުލަނިސް އެމެރިކާއާ އެއްވެސް ވާހަކައެއް ދެއްކުމެއް ނެތް ކަމަށެވެ. އަދި ހޮރްމޫޒުވެސް ހުޅުވޭނީ ބްލޮކޭޑް އުވާލި އިރަކުން ކަމަށްވެސް އީރާނުން ގެންދަނީ ބުނަމުންނެވެ.

އީރާނުން ވާހަކަތަކަށް ނުދިއުމުން އެމެރިކާގެ ރައީސް ޓްރަމްޕަށް ޖެހުނީ އޭނާގެ ވަފުދު ޕާކިސްތާނަށް ފޮނުވުން ފަސްކޮށްލާށެވެ. ފުރަތަމަ ބުނީ ފަސްކުރީ ކަމަށެވެ. ފަހުން ބުނީ، ޕާކިސްތާނަށް ދެން ވަފުދެއް ނުފޮނުވާނޭ ކަމަށެވެ. ސަބަބެއް ކަމަށް ފުރަތަމަ ބުނީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށެވެ. ދެން ބުނީ ޚަރަދުބޮޑުކަމުން ކަމަށެވެ. ދެން ބުނީ ދަތުރު ދިގުކަމުން ކަމަށެވެ.

އީރާނާއި އެމެރިކާއާ ދެމެދު ސީދާ ސީދާ ވާހަކަތައް ނުބޭއްވި ނަމަވެސް، އީރާނާއި އެމެރިކާއާ ދެމެދު އެހެން ޒަރީއާތަކުން ގެންދަނީ ވާހަކަ ދައްކަމުންނެވެ. އެއީ، ޓެކްސްޓް މެސެޖާއި ފޯނުގެ ޒަރީއާއިންނެވެ. ފޯނުން ވާހަކަ ދެއްކުމާއި އަދި މެސެޖް ބަދަލުކުރުމުގައިވެސް އެހީތެރިވަމުން ގެންދަނީ ޕާކިސްތާނުންނެވެ.

އީރާނުން ވާހަކަތަކަށް ނުދާނޭކަމަށް ބުނުމުން، އެމެރިކާގެ ވަފުދު ކެންސަލް ކުރުމަށްފަހު ޓްރަމްޕް ބުނީ، އީރާނާ ދެން އެއްވެސް ވާހަކައެއް ނުދައްކާނޭ ކަމަށެވެ. ޖެހިގެން އައި ދުވަހު ބުނީ އީރާނު ބޭނުންނަމަ ތިންވަނަ ފަރާތެއް މެދުވެރި ނުކޮށް ސީދާ ފޯނުންވެސް އެމެރިކާއާ ވާހަކަ ދެއްކިދާނޭ ކަމަށެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ރޭގައި ބުނެފައިވަނީ، އީރާނާއި އެމެރިކާއާ ދެމެދު ފޯނުން ވާހަކަތައް ބާއްވަމުންދާ ކަމަށާއި، ވާހަކަތައް ދަނީ ރަނގަޅަށް ކަމަށެވެ.

ދެފަރާތުގެ ދެމެދުގައި ވާހަކަ ދައްކަމުން ގެންދަނީ އީރާނުން އެންމެ ފަހުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ހިމެނޭ ނުކުތާތަކާ މެދުގައެވެ. އީރާނުގެ ހުށަހެޅުމުގައި ހިމެނޭ ކަންކަން ތަފްސީލް ގޮތެއްގައި ހާމަނުވި ނަމަވެސް، އީރާނުގެ ހުށަހެޅުމުގައި އެންމެ ފުރަތަމަ ހިމެނެނީ ހޮރްމޫޒު ކަނޑުއޮޅި މުޅިން ހުޅުވާލުމަށް ހުށަހަޅާފައިވާ ކަންކަމެވެ. އެއީ، ބްލޮކޭޑް އުވާލައި އެމެރިކާގެ ލަޝްކަރުތައް ދުރަށް ޖެއްސުމެވެ.

އަދި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލާގައި ފަހުގެ ތާރީޚެއްގައި ވާހަކަ ދައްކަންވެސް އީރާނުން ހުށަހަޅާފައި ވެއެވެ. އީރާނުގެ ހުށަހެޅުންތަކަށް އެމެރިކާއިން އަދިވެސް ރަސްމީ ޖަވާބެއް ނުދޭއިރު، ޓްރަމްޕާއި އެމެރިކާގެ ވެރިންގެ ވާހަކަތަކުން މިހާތަނަށް ހާމަވީ އީރާނުގެ ހުށަހެޅުން އެމެރިކާއިން ގަބޫލު ނުކުރާ ކަމެވެ.

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަކީ އެމެރިކާގެ މަސްލަހަތު ހިމެނޭ ކަމެއް ނޫނެވެ. އެއީ، އިސްރާއީލުގެ ޑިމާންޑެކެވެ. ޓްރަމްޕް އީރާނާ ދެކޮޅަށް ހަނގުރާމަ ފެށީވެސް ނަތަންޔާހޫ އެދިގެންނެވެ. އެއީ، އީރާނުގެ ފަރާތުން އިސްރާއީލަށް އޮތްކަމަށް ބުނާ ނުރައްކާ ނައްތާލައި، އީރާނު އިސްރާއީލުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމެވެ. ހަނގުރާމަ ކޮށްގެން އެކަމެއް އެމެރިކާއަކަށް އަދި އިސްރާއީލަކަށްވެސް ނުވިއެވެ.

ހަނގުރާމައިގައި އީރާނުން އެމެރިކާއާއި އިސްރާއީލުން ބަލިކޮށް ނިކަމެތިކޮށްލާފައި ވާއިރު، ޓްރަމްޕް އަދިވެސް ގެންދަނީ ގަދަބަސްބުނެ ބޮޑާހާކަމުންނެވެ. ރޭގައިވެސް ބުނީ، ނިއުކްލިއަރ ހަތިޔާރު ދޫކޮށްނުލާހާހިނދަކު “އެއްބަސްވުމެއް ހެދުމެއް ނެތް ކަމަށެވެ”. އެކަމަކު އެއްބަސްވުމެއް ނުހެދިގެން އުޅެނީވެސް ޓްރަމްޕެވެ. އީރާނު އޮތީ ދޫދޭގޮތަކަށް ނޫނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ