އެފްއޭއެމް ރީޖަނަލް ލީގު ކޮލިފިކޭޝަންގެ ނޯތު ރީޖަން ލީގުގެ ފުރަތަމަ މެޗުން ހަނިމާދޫ މޮޅުވެއްޖ
އިއްޔެ ކުޅެވުނު މި މެޗު ހަނިމާދޫއިން ކާމިޔާބުކުރީ 5 – 0 ގެ ބޮޑު ތަފާތަކުން މަނަދޫ ބަލިކޮށްގެންނެވެ. މަނަދޫ އަކީ ޒޯން 2 ގެ ޗެމްޕިއަނުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް މޮޅު ކުޅުމެއް ދެއްކިއިރު ފުރަތަމަ ހާފު ދިޔައީ ހަމަހަމަކޮށްނެވެ.
އެހެންނަމަވެސް ދެވަނަ ހާފަށް ހަނިމާދޫއިން ނުކުތީ ކުޅުން އިތުރަށް ވަރުގަދަކޮށްގެންނެވެ. ހަނިމާދޫގެ ފުރަތަމަ ދެ ގޯލު ކާމިޔާބުކޮށްފައި ވަނީ ދެވަނަ ހާފުގެ ފުރަތަމަ 20 މިނެޓުގެ ތެރޭގައެވެ. އެ ޓީމަށް މި ދެ ގޯލު ކާމިޔާބުކޮށްދީފައި ވަނީ، ސާލިމް މުޙައްމަދު، އަދި ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ނާޢިލް ޔޫސުފެވެ.
މެޗުގެ 68 ވަނަ މިނެޓުގައި ލިބުނު ހިލޭޖެހުމަކުން އެޓީމުގެ 3 ވަނަ ގޯލު، ޝިފާން ޙަސަން ކާމިޔާބުކޮށްދީފައި ވާއިރު، މެޗުގެ 82 ވަނަ މިނެޓުގައި ހަނިމާދުގެ ފަހު ދެ ގޯލުވެސް ކާމިޔާބުކޮށްދީފައި ވަނީ ދެވަނަ ހާފުގައި ކުޅެން ނުކުތް އާސިފް ސަލީމެވެ. އޭނާގެ ފުރަތަމަ ގޯލު، މެޗުގެ 68 ވަނަ މިނެޓުގައި ފެނިގެންދިޔައިރު، ދެވަނަ ގޯލު ފެނިގެންގޮސްފައި ވަނީ މެޗުގެ 87 ވަނަ މިނެޓުގައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހަނިމާދޫ އަށް މެޗުގައި ގޯލް ގުޅުވާލަދިން ކުޅުންތެރިޔާ ސާލިމް މުހައްމަދު އެވެ.
މި މުބާރާތުގައި ކޮންމެ ޓީމެއްވެސް ހޯމް-އަވޭ ފޯމެޓަށް، ކޮންމެ ޓީމަކާވެސް ދެފަހަރަށް ބައްދަލުކުރާނެއެވެ. މަނަދޫ ދަނޑުގައި މި ދެޓީމު ބައްދަލުކުރާނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.


