ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ހަތަރު ދަރަޖަ ފަހަތަށް!

ޚަބަރު ފަހުގެ

ދުނިޔޭގެ ކޮންމެ ގައުމެއްގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ މިންވަރު ބަލައި ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރްއެސްއެފް) އިން ކޮންމެ އަހަރަކު އާންމުކުރާ ’ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް’ގައި ރާއްޖެ މިދިޔަ އަހަރަށް ވުރެ ހަތަރު ދަރަޖަ ފަހަތަށް ސޮއްސާލައިފި އެވެ.

މިއަދު އާންމުކުރި މި އަހަރުގެ ރިޕޯޓުގައިވާ ގޮތުން ރާއްޖެ މިހާރު އޮތީ އިންޑެކްސްގެ 108 ވަނައިގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިދިޔަ އަހަރު ރާއްޖެ 104 ވަނައިގައި އޮތް އިރު، މިއަހަރުގެ އިންޑެކްސްގައި ރާއްޖޭގެ ޖުމްލަ ސްކޯ ވެސް ވަނީ 52.46 އިން 49.23 އަށް ދަށަށް ގޮސްފަ އެވެ. މިއީ ފާއިތުވި އަށް އަހަރުގެ ތެރޭގައި ރާއްޖެ މި އިންޑެކްސްގައި މިހާ ބޮޑަށް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރާއްޖެ އެންމެ ދަށަށް ގޮސްފައިވަނީ 2018 ވަނަ އަހަރު އެވެ. އެ އަހަރު ރާއްޖެ އޮތީ 120 ވަނައިގަ އެވެ.

ރާއްޖެ އިންޑެކްސްގައި ފަހަތަށް ދިޔަ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ގާނޫނީ އަދި އިގްތިސޯދީ ގޮންޖެހުންތައް ހިމެނެ އެވެ.

އިންޑެކްސްގެ މައިގަނޑު ފަސް މިންގަނޑުގެ ތެރެއިން ހަތަރު މިންގަނޑަކުން ރާއްޖެ ވަނީ ބޮޑުތަނުން ފަހަތަށް ގޮސްފަ އެވެ. އެންމެ ބޮޑު ވެއްޓުމެއް އައީ އިގްތިސޯދީ މާހައުލުގެ މިންގަނޑުންނެވެ. އެ މިންގަނޑުން ރާއްޖެ ވަނީ 118 އިން 157 އަށް، 39 ދަރަޖަ ފަހަތަށް ގޮސްފަ އެވެ. ގާނޫނީ އޮނިގަނޑުގެ މިންގަނޑުން 23 ދަރަޖަ ދަށަށް ގޮސްފައިވާ އިރު، ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުން 21 ދަރަޖަ ވަނީ ދަށަށް ގޮސްފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ