އެމްއައިބީން ލ. ކަލައިދޫގައި އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި

ޚަބަރު ފަހުގެ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ލ. ކަލައިދޫގައި އޭޓީއެމް ހިދުމަތް އިއްޔެއިން ފެށިގެން ދޭން ފަށައިފި އެވެ.

ކަލައިދޫގައި އެމްއައިބީގެ އޭޓީއެމް ހިދުމަތް ތައާރަފްކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު އިސްމާއިލް ޝަފީއު އާއި، އެމްއައިބީގެ ހެޑް އޮފް ޑިސްޓްރިބިއުޝަން އިބްރާހީމް ޝުހައިލާއި، ކަލައިދޫ ކައުންސިލުގެ ރައީސް އަމަހްދު ޝިޔާމެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމްއައިބީން ބުނީ މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްއައިބީގެ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ. އެ އޭޓީއެމް މެދުވެރިކޮށް ދިވެހި ރުފިޔާ ޖަމާކުރުމާއި ނެގުމުގެ ހިދުމަތް ލ. އަތޮޅުގެ ބޮޑު އާބާދީއެއް އޮންނަ އިސްދޫ ކަލައިދޫގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

މި އޭޓީއެމް ހިދުމަތް ފަރުމާކޮށްފައި ވަނީ ބޭންކިން ފަސޭހަކުރުމާއި ރަށުގެ މުޖުތަމަޢުގެ ކުރިއަރަމުން އަންނަ މާލީ ބޭނުންތަކަށް އެހީތެރިވެދިނުމަށްކަން ފާހަގަކޮށް އެމްއައިބީން ބުނީ އެ ބޭންކުން ގެންދަނީ މާލީ ހިދުމަތް ފޯރުކޮށްދިނުން ފުޅާކުރުމުގެ ގޮތުން މުޅި ރާއްޖޭގައި އޭޓީއެމް އަދި ސެލްފް ސާވިސް ބޭންކިން ނެޓްވޯކް ޙިދުމަތް ތައާރަފުކުރަމުން ކަމަށެވެ.

އެމްއައިބީގެ ބްރާންޗަކަށް ޒިޔާރަތް ނުކޮށް އެކައުންޓު ހުޅުވައި، މޯބައިލް ބޭންކިންއާއި އިންޓަނެޓް ބޭންކިން މެދުވެރިކޮށް ކޮންމެ ތާކު ހުރިކަމުގައިވިޔަސް ފައިސާގެ މުއާމަލާތްކުރެވެ އެވެ. އެ ބޭންކުން ދަނީ މުޅިން އައު ހިދުމަތްތައް ތައާރަފްކޮށް، ހިދުމަތްތައް އިތުރަށް ފުޅާކުރަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ