ހިލޭ ޓީވީ ވެބްސައިޓް ބްލޮކްކުރަން ސިވިލް ކޯޓުން އަމުރުކޮށްފި

ޚަބަރު ފަހުގެ

ހިލޭ ޓީވީގެ ނަމުގައި ރާއްޖޭގައި ޓީވީ ޗެނަލްތަކެއް ދައްކަމުންދިޔަ ވެބްސައިޓް ބްލޮކްކުރަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

ހިލޭ ޓީވީގެ ނަމުގައި ހިންގަމުންދާ ވެބްސައިޓް ބްލޮކްކުރަން ސިވިލް ކޯޓަށް ހުށަހެޅީ ރާއްޖޭގައި ކޭބަލް ޓީވީގެ ހިދުމަތްދޭ މީޑިއާ ނެޓްގެ ފަރާތުންނެވެ. އަދި އެ މައްސަލަ ނިމެންދެން، އެ ވެބްސައިޓް ބްލޮކްކުރަން އަމުރުކޮށްދޭން މީޑިއާ ނެޓުން އެދުނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ސިވިލް ކޯޓުން އިއްޔެ ނެރުނު އަމުރުގައިވަނީ ވަގުތީ އަމުރު ނެރުމުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް އެ މައްސަލާގައި ފުރިހަމަވާތީ މައްސަލަ ނިމެންދެން ހިލޭ ޓީވީގެ ވެބްސައިޓަށް ރާއްޖޭގެ އައިޕީ އެޑްރެސްތަކުން ނުވަދެވޭ ގޮތަށް ބްލޮކްކުރަން ކޮމިއުނިކޭޝަންސް އޮތޯރިޓީގެ މައްޗަށް އަންގާ ކަމަށެވެ.

މީޑިއާ ނެޓުން އެ މައްސަލަ ކޯޓަށް ހުށަހެޅީ ކޮޕީ ރައިޓާ ބެހޭ ގާނޫނުގެ ދަށުންނެވެ.

އެ މައްސަލަ ހުށަހެޅީ މީޑިއާ ނެޓުން ރައިޓްސް ގަނެފައިވާ އޮއްވާ އެހެން ފަރާތްތަކުން ލައިސަންސް ނެތި ޗެނަލްތަކާއި ވޯލްޑްކަޕްގެ މެޗްތައް ދައްކައިފިނަމަ އެއީ މީޑިއާ ނެޓްގެ ހައްގުތައް ގެއްލޭ ކަމެއް ކަމަށް ބުނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ