ހަނިމާދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ “ޖަވާހިރުލް ޤުރުއާން” މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު، އާ އުސޫލުތަކަކާއެކު މިއަދު ހުޅުވާލައިފިއެވެ.
މި މުބާރާތަކީ ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަށާއި، ދަރިވަރުންގެ ހިތްތަކުގައި ދީނީ ރޫޙު އާލާކުރުމަށް ހަނިމާދޫ ކައުންސިލުން ސިލްސިލާކޮށް ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ. މިއަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.
މިފަހަރުގެ މުބާރާތުގައި ގެނެވުނު އެންމެ ބޮޑު އެއް ބަދަލަކީ، ރައްޔިތުންގެ ވަރަށް ބޮޑު އެދުމަކަށް، މުޅިން އަލަށް އާއްމުންނަށްވެސް ބައިވެރިވެވޭ ގޮތަށް މުބާރާތުގެ ފުރުސަތު ހުޅުވާލުމެވެ. މީގެ އިތުރުން، މުބާރާތުގެ ތެރެއިން “ރަންތަރި” މި ނަމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ބައިވެރިވެވޭނެ ވަކި ގިންތިއެއްވެސް ވަނީ މުޅިން އަލަށް ތަޢާރަފްކޮށްފައެވެ.
ހަނިމާދޫ ކައުންސިލުން މަޢުލޫމާތު ދެއްވާ ގޮތުގައި، މި މުބާރާތުގެ ވަނަތަކަށް ހޮވޭ ފަރާތްތަކަށް ކައުންސިލްގެ ފަރާތުން ބޮޑެތި ފައިސާގެ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ފޯމު ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު 13:00 އަށެވެ. ފޯމު ލިބޭނީ ހަނިމާދޫ ކައުންސިލް އިދާރާގެ ކައުންޓަރުންނާއި، ހަނިމާދޫ ސްކޫލް ކައުންޓަރުގެ އިތުރުން ކައުންސިލްގެ ރަސްމީ ވެބްސައިޓުންނެވެ. ފޯމު ހުށަހަޅަންޖެހޭނީ ހަނިމާދޫ ކައުންސިލް އިދާރާއަށް ނުވަތަ ހަނިމާދޫ ސްކޫލަށެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ 18 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ.
މުބާރާތުގެ އުސޫލުތައްވެސް މިހާރު ކައުންސިލްގެ ވެބްސައިޓުންނާއި އިދާރާތަކުން ލިބެން ހުންނާނެ ކަމަށް ކައުންސިލުން ބުނެއެވެ.
މުބާރާތުގައި ކިޔަވަން ހަމަޖެހިފައިވާ އުމުރުފުރާ އަދި ފޮތް
މިމުބާރާތުގެ ވަނަތަކަށް ހޮވޭ 26 އަހަރުން ދަށުގެ ބައިވެރިންނަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:
މިމުބާރާތުގެ ވަނަތަކަށް ހޮވޭ 27 އަހަރުން މަތީ އުމުރުފުރާގެ ބައިވެރިންނަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:
މިމުބާރާތުގައި ބައިވެރިވާ ރަންތަރި (ޚާއްސައެހީތެރިކަމަށް ބޭނުންވާ ދަރިވަރުން) އަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:


