އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަނަކު ހޮވުމަށް ބޭއްވި އިންތިހާބު ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ.
މިހާތަނަށް ގުނި ފޮށިތަކަށް ބަލާއިރު، ނަޝީދަށް ވަނީ 4،722 ވޯޓު ލިބިވަޑައިގެންފައެވެ. ނަޝީދުއާ ވާދަކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމަށް ލިބިވަޑައިގަތީ 1،850 ވޯޓެވެ. ދެ ބޭފުޅުންގެ ދެމެދުގައި މިހާރު ވެސް 2،872 ވޯޓުގެ ތަފާތު އެބަހުއްޓެވެ.
އެހެންވެ، މި އިންތިހާބުގައި މީކާއިލް ދެން ކުރި ހޯއްދެވުމަކީ ނާދިރު ކަމެކެވެ.
ނަޝީދު މި ހޯއްދެވި ކާމިޔާބީއާ ގުޅިގެން އެމަނިކުފާނުގެ ސަޕޯޓަރުން މިހާރު ދަނީ އުފާ ފާޅު ކުރަމުންނެެވެ. އަދި ސަޕޯޓަރުން ދަނީ ނަޝީދަށް މަރުހަބާ ކިޔަމުންނެވެ.



