“ކޮންމެގޮތެއްވިޔަސް” ލުބުނާނުގެ ދެކުނުން ސިފައިން ނުބާލާނޭ ކަމަށް ނަތަންޔާހޫ ބުނެފި

ޚަބަރު ފަހުގެ ދުނިޔެ

ކޮންމެގޮތެއް ވިޔަސް ލުބުނާނުގެ ދެކުނުން އިސްރާއީލު ސިފައިން ނުބާލާނޭ ކަމަށް، އިސްތިއުމާރީ ދައުލަތުގެ މުޖުރިމު ބޮޑުވަޒީރު ނަތަންޔާހޫ ބުނެ ބޮޑާ ވާހަކަތައް ދައްކައިފިއެވެ.

ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ނަތަންޔާހޫ ބުނީ، ލުބުނާނުގެ ދެކުނުން ސިފައިން ނުބާލާނޭ ކަމަށް އޭނާއާއި އަދި އޭނާގެ ޑިފެންސް މިނިސްޓަރު ބުނެފައިވާ ބުނުން ބަދަލުނުވާ ކަމަށާއި، އިސްރާއީލުގެ ހުރިހާ ރައްޔިތުންވެސް އެކަމުގައި ތިބީ އޭނާގެ ފަހަތުގައި ކަމަށް ބުނެފައި ވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އިސްރާއީލުގެ އުތުރާއި އަދި އިސްރާއީލު ރައްޔިތުންގެ ހިމާޔަތަށް ލުބުނާނުގެ ދެކުނުގައި “ތިބެންޖެހުނުހާ ދުވަހަކަށް” ތިބޭނޭ ކަމަށްވެސް ނަތަންޔާހޫ ބުނެފައި ވެއެވެ.

ލުބުނާނުގެ ދެކުނުން ސިފައިން ނުބާލާނޭ ކަމަށް ނަތަންޔާހޫއާއި، އޭނާގެ ޑިފެންސް މިނިސްޓަރ ކާޓްޒް ތަކުރާރުކޮށް ބުނަމުން ގެންދާއިރު، ހަނގުރާމަ ހުއްޓާލައި ދާއިމީ ސުލްހައިގެ އެއްބަސްވުމެއް ހެދުމަށް އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރި އެމްއޯޔޫގެ އެންމެ ފުރަތަމަ މާއްދާއަކީ އިސްތިއުމާރީ ސިފައިން ލުބުނާނަށް ދެމުންގެންދާ އުދުވާނީ ހަމަލާތައް ހުއްޓުވައި، އަދި އިސްތިއުމާރީ ސިފައިން ލުބުނާނުގެ ދެކުނުން ބޭލުމެވެ. އެކަން ކުރުމަށް ހަވާލުވެފައިވަނީ އެމެރިކާއެވެ.

އެހެން ނަމަވެސް، ފުރަތަމަ ދުވަހުން ފެށިގެން ނަތަންޔާހޫ ގެންދަނީ އެކަމާ ދެކޮޅު ހަދަމުންނެވެ. އަދި އެކަމާ ގުޅިގެން ނަތަންޔާހޫއާއި އެމެރިކާގެ ރައީސާ ދެމެދު އަރާރުންތަކެއްވެސް ހިނގާފައި ވެއެވެ.

އިސްރާއީލުގެ ވެރިން ގެންދަނީ، އީރާނާއެކު އެމްއޯޔޫއެއްގައި ސޮއިކުރުމުން އެމެރިކާގެ ރައީސާ ދިމާއަށް ވަރަށް ހުތުރުއެއްޗެހި ގޮވައި، ފާޑުކިޔައި، ޓްރަމްޕް ކުށްވެރިކޮށް އަދި އެމްއޯޔޫއަށް އިސްރާއީލުން ކިޔަމަން ނުވާނޭ ކަމަށް އަންގަމުންނެވެ.

އެމެރިކާއިން ޕްރެޝަރ ކުރާން ފެށުމުން، އިސްތިއުމާރީ ސިފައިން ލުބުނާނުގެ ދެކުނުގެ ރަށްތަކަށް ދެމުންގެންދިޔަ އުދުވާނީ ހަމަލާތައް މިހާރު މަޑުޖެހިފައި ވީނަމަވެސް، ނަތަންޔާހޫ ބުނެފައިވަނީ، އިސްރާއީލު ސިފައިންނަށް އަދި އިސްރާއީލުގެ އުތުރަށް ނުރައްކަލެއް ކުރިމަތިކޮށްފިނަމަ އަދި ނުރައްކަލެއް ކުރިމަތިކޮށްފާނެހެން ހީވެއްޖެ ނަމަވެސް އެކަމަށް ރައްދު ދިނުމުގެ ފުރިހަމަ މިނިވަންކަން އިސްރާއީލު ސިފައިންނަށް ދީފައި ވާނޭ ކަމަށެވެ. މާނައަކީ، މީގެކުރީގައި ހެދި ހުރިހާ އެއްބަސްވުންތަކާވެސް ޚިލާފްވެ އެކިއެކި ބަހަނާތައް ދައްކައިގެން ހަމަލާދޭ އުސޫލުން މިފަހަރުވެސް އެކަން ކުރާނޭ ކަމެވެ.

އީރާނާއެކު ހެދި އެއްބަސްވުމާ ގުޅިގެން އެމެރިކާއިން އިސްރާއީލު ހުއްޓުވަން ޖެހޭއިރު، އެމެރިކާގެ ރައީސް ޓްރަމްޕާއި، އެމެރިކާގެ ނައިބް ރައީސް ޖޭޑީ ވޭންސްގެ ވާހަކައިގެ ރާގުވެސް މިހާރު ފެންނަނީ ބަދަލުވަމުންދާތަނެވެ. އީރާނަށް އިންޒާރު ދެމުންގެންދަނީ ފުރަތަމަ ހިޒްބުﷲ ހުއްޓުވުމަށެވެ. އެކަމަކު، ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުންތަކާ ހިޒްބުﷲއިން އެއްވެސް އިރަކު ޚިލާފެއް ނުވެއެވެ.

އެމެރިކާއިން މިހާރު އުޅެނީ، އެކިއެކި ބަހަނާތައް ދައްކައިގެން އިސްތިއުމާރީ ސިފައިން ލުބުނާނުން ނުބާލައި ވާނެގޮތެއް ހޯދުމަށެވެ.

އެކަމަކު، އީރާނު އޮތީ ދޫދޭ ގޮތަކަށް ނޫންކަން، ސްވިޒަރލޭންޑްގައި އިއްޔެއާއި މިއަދު ކުރިއަށްދިޔަ ވާހަކަތަކުން އެނގެއެވެ. އީރާނުން އަންގަނީ އެމްއޯޔޫގައި ހިމެނޭ އެއްވެސް ކަމެއް ކުރިއަށްދާނީ ފުރަތަމަ މާއްދާ ފުރިހަމަ ކޮށްގެން ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ