މާލޭގެ އިމާރާތަކުން ދެ މީހަކު ވެއްޓިއްޖެ

ޚަބަރު ފަހުގެ

މާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ދެ މީހަކު ވެއްޓި، އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި އެވެ.

މަޖީދީމަގުގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންދިޔަ އެ އިމާރާތުން ވެއްޓުނީ އުމުރުން 22 އަހަރުގެ ނޭޕާލް ފިރިހެނަކާއި އުމުރުން 39 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ފުލުހުން ބުނި ގޮތުގައި މި ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު މެންދުރުފަހު 01:53 ހާއިރު އެވެ.

މި ރިޕޯޓު ލިބުމާއެކު ފުލުހުން ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފެށި ކަމަށާއި މިހާތަނަށް ބެލި ބެލުމުން މި ދެ މީހުން ވެއްޓިފައި ވަނީ އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގައި އަނިޔާވި ދެ މީހުންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާއިރު އެ މީހުންނަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ނުލިބެ އެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ