މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ ފަށައިފި

ޚަބަރު ފަހުގެ

ރާއްޖޭގެ ފައިނޭންޝަލް ދާއިރާއަށް ހާއްސަކޮށްގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) އިން އިންތިޒާމުކުރި މި އަހަރުގެ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ ފަށައިފި އެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކްގައި މިއަދުން ފެށިގެން މި މަހުގެ 4 އާ ހަމައަށް ކުރިއަށް ގެންދާ އެކްސްޕޯ ރަސްމީކޮށް ހުޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެކްސްޕޯ ހުޅުވައި ދެއްވުމަށް ފަހު، އެ މަނިކުފާނު ވަނީ އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުގެ ސްޓޯލްތަކަށް ވެސް ޒިޔާރަތް ކުރައްވައިފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމްއެމްއޭ އިން ބުނީ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އަކީ މާލީ ކަންކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށާއި މާލީ ހިދުމަތްދޭ ފަރާތްތަކާ އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ މައުލޫމާތު ލިބިގަތުމަށް މަގުފަހި ކުރުމުގެ ގޮތުން އެ އޮތޯރިޓީން ކުރިއަށް ގެންދާ ވަރަށް މުހިއްމު ހަރަކާތެއް ކަމަށެވެ.

އެގޮތުން ރާއްޖޭގައި ހަރަކާތްތެރިވާ މާލީ ދާއިރާގެ އެކި ކުންފުނިތަކާއި އިންސްޓިޓިއުޝަންތައް އެކްސްޕޯގައި ބައިވެރިވެ އެވެ.

މި އެކްސްޕޯގެ ތެރެއިން މާލީ ކަންކަމާ ގުޅޭ ތަފާތު ގިނަ ސެޝަންތަކެއް ވެސް ތަޖުރިބާކާރު ބޭފުޅުންނާ އެކު ކުރިއަށް ގެންދަން ރާވާފައިވާ އިރު، އެކްސްޕޯ އަށް ޒިޔާރަތްކޮށްގެން އަގުހުރި ގިނަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ.

މި އަހަރުގެ އެކްސްޕޯގައި މާލީ އިދާރާތަކުން އާ ހިދުމަތްތަކާއި ޕްރޮގްރާމުތައް ތައާރަފްކުރާނެ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން ފައިނޭންޝަލް އެކްސްޕޯ ބާއްވާފައިވެ އެވެ. އެއީ 2015 އަދި 2017 ގަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ