ގެއެއްގައި ރޯވެ އަނދަނީ

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ

11:15

އެމްއެންޑީއެފުން މައުލޫމާތު ދެއްވިގޮތުގައި ރޯވި އަލިފާންގަނޑު ނިއްވުމަށް އެ އިދާރާއިން ކުރި މަސައްކަތުން މިހާރު ވަނީ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ. އަލިފާން ރޯވާން ދިމާވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.

…………………

މާލޭގެ މުނިޔާ މަގުގައި ހުންނަ ގެއެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މާފަންނުގައި ހުންނަ ޖާޔާކުޝަން ކައިރި ހުރި އިމާރާތެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސާވިސް އިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ފުލުހުން ވިދާޅުވިގޮތުގައި މުނިޔާމަގުގައި ހުރި އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން ފުލުހުންވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

އަދި އެންޑީއެމްއޭއިންވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށްވެސް އެ އިދާރާއިން ވިދާޅުވެފައި ވެއެވެ.

އިތުރު ތަފްސީލް އަންނަނީ…

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ