ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަޑިއަށް ދަނީ މާލޭން ފުރައިގެން ގދ. ތިނަދޫއަށް ދަތުރު ކުރަމުން ދިޔަ “ޖަޒީރާ” ނަމަކަށް ކިޔާ ބޯޓެއް ކަމަށެވެ.
ވ. ފެލިދޫ ހުޅަނގު ކަނޑަށް އެ ބޯޓޫ އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 15:26 އެހާކަންހާއިރު ކަމަށާއި އެ ބޯޓުގައި ތިބި ހުރިހާ މީހުން “ވިލާ ދުވެލި” ނަމަކަށް ކިޔާ ލޯންޗަކަށް ނަގާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ދަނީ މިހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.


