ހަނިމާދޫގައި ކައިވެންޏަށްވުރެ ވަރި ގިނަ!

ހަނިމާދޫ ފަހުގެ

ހަނިމާދޫގައި ކައިވެންޏަށްވުރެ ވަރި ގިނަ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އާންމުކުރި އެ ޖުޑީޝަލް ދާއިރާގެ ވޭތުވެދިޔަ ހަ މަސްދުވަހުގެ ރިޕޯޓުން އެނގޭ ގޮތުގައި، މި މުއްދަތުގެ ތެރޭގައި ހަނިމާދޫގައި 06 ކައިވެނި ކޮށްފައިވާއިރު 11 ވަރި ވަނީ ކޮށްފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މީގެ އިތުރުން އެ ރިޕޯޓުން އެގޭގޮތުގައި ކުޅުދުއްފުށީގައި 54 ކައިވެނި ކޮށްފައިވާއިރު 49 ވަރި ވަނީ ކޮށްފަ އެވެ. ދެން އެންމެ ގިނަ ކައިވެނި ރެކޯޑުކުރެވުނު ނޮޅިވަރަމްގައި 8 ކައިވެންޏާއި 6 ވަރި ހިމެނޭއިރު، ނޮޅިވަރަން ފަރުގައިގައި 7 ކައިވެންޏާއި 4 ވަރި ވަނީ ކޮށްފަ އެވެ. މީގެއިތުރުން މަކުނުދޫގައި 6 ކައިވެންޏެއްކޮށް 8 ވަރިކޮށްފައިވާއިރު، ކުރިނބީގައި 1 ކައިވެންޏެއްކޮށް 2 ވަރިކޮށްފައިވެ އެވެ. އަދި ނައިވާދޫގައި 1 ކައިވެންޏާއި 1 ވަރި ރެކޯޑުކުރެވިފައިވާއިރު، ފިނޭގައި ވަނީ 3 ކައިވެންޏާއި 3 ވަރި ރެކޯޑުކުރެވިފަ އެވެ. ނަމަވެސް ރަށްރަށުގެ ތެރެއިން އެއްވެސް ވަރިއެއްކޮށްފައިނުވަނީ 2 ރަށެއްވެއެވެ. އެއީ ނެއްލައިދޫއާ ނޭކުރެންދޫ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ