ހަނިމާދޫމަގުން މަސްތުވާތަކެތި އުފުލި އަންހެނަކު 50 އަހަރަށް ޖަލަށް

ޚަބަރު ފަހުގެ

ބްރާ ތެރޭގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު 50 އަހަރަށް ޖަލަށްލުމަށާއި ދެ ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ. މި މައްސަލައިގައި ހުކުމް ކޮށްފައިވަނީ އާމިނަތު ލަމްހާގެ މައްޗަށެވެ.

ލަމްހާގެ މައްޗަށް މި މައްސަލައިގައި ދައުލަތުން ދެ ދައުވާއެއް ކުރިއެވެ. އެއީ، ޖަދުވަލު އެކެއް ގައިވާ މަސްތުވާތާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އަދި، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޖަދުވަލު އެކެއް ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ލަމްހާގެ މައްޗަށް އުފުލާފައިވަނީ، ހަނިމާދޫއަށް ދަތުރުކުރިއިރު، ލަމްހާ އަޅައިގެން ހުރި ބްރާގެ ވައަތް ފަރާތު ކަޕް ތެރެއިން ނެގި ހުދު ކުލައިގެ ޓިޝޫ އޮޅާފައި އޮތް ޖޫސްޕެޓީ ކޮތަޅެއްގައި މެޓަމްފެޓަމިން ރެސިމޭޓް ހުރުމުންނެވެ. އެއީ، ޖަދުވަލު އެކެއްގައި ބަޔާންކޮށްފައިވާ މަސްތުވާ އެއްޗެކެވެ.

ލަމްހާގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ކޮށްފައިވަނީ، އެ ދުވަހު އޭނާ އަޅައިގެން ހުރި ބްރާގެ ކަނާތް ފަރާތު ކަޕްތެރޭގައި ފޮރުވައިގެން ޑައިމޯފިން ޓްރެފިކް ކުރުމުންނެވެ. އަންހެން މީހާ ހައްޔަރު ކުރީ ހަނިމާދޫ އެއާޕޯޓުންނެވެ.

މި ދެ މައްސަލައިގެ ޝަރިއަތުގައިވެސް ލަމްހާވަނީ ކުށަށް އިންކާރުކޮށްފައެވެ. އެހެންނަމަވެސް ދައުލަތުން ހުށަހެޅި ހެކިތަކުގެ އަލީގައި މައްސަލަ ސާބިތުވާ ކަމަށް ޝަރިއަތުން ނިންމީއެވެ.

މި ދެ މައްސަލައިގެ ތެރެއިން ކޮންމެ މައްސަލައެއްގައިވެސް ލަމްހާގެ މައްޗަށް އިއްވާފައިވަނީ 25 އަހަރުގެ ހުކުމަކާއެކު 100،000 ރުފިޔާގެ ޖޫރިމަނާއެކެވެ. މާނައަކީ ޖުމްލަ 50 އަހަރަށް ޖަލަށްލުމާއެކު، ދެ ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމެވެ. އެކަމަކު މައްސަލައިގެ ތަހުގީގު މަރުހަލާގައި ބަންދުކޮށްފައި ހުރި މުއްދަތު އުނިކުރުމުން، 50 އަހަރުގެ ތެރެއިން 60 ދުވަސް އުނިވާނެއެވެ. އެހެންކަމުން އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ 49 އަހަރާއި 10 މަސް ދުވަހުގެ ޖަލު ހުކުމެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ