5.5 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

ޚަބަރު ފަހުގެ

ގަން އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 5.5 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްްސް އިން މިއަދު ބުނީ އެ ތަކެތި އަތުލައިގަތީ މި މަހުގެ 18 ވަނަ ދުވަހު އިންޑިއާ އިން ރާއްޖެ އައި އިންޑިއާ ދެ ފަސިންޖަރެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން އެފަސިންޖަރުންގެ ލަގެޖް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ކަސްޓަމްސްއިން ބުނިގޮތުގައި، އެ ދެމީހުންގެ ލަގެޖުން ފެނިފައިވަނީ 5،540 ގްރާމްގެ ކެނެބިސްއެވެ. އެ ތަކެތީގެ ޖުމްލަ ބަރުދަނަކީ 5،540 ކިލޯގްރާމް ކަމަށާއި، އަދި އެ ތަކެތީގެ މަގުމަތީ އަގު 4.4 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ