މާލޭ ފަޅުން ނުކުންނަށް އުޅުނު ލޯންޗެއް އުރިއްޖެ

ޚަބަރު ފަހުގެ

މާލޭ ފަޅުން ނުކުންނަށް އުޅުނު ލޯންޗެއް އުރިއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ މާލޭ ދެކުނު ފަރާތު ފަޅުން އެ ލޯންޗު ނުކުންނަށް އުޅެނިކޮށް މެންދުރު ފަހު އެވެ. އެ ލޯންޗު އުރުނީ އުދަ އަރަމުން ދަނިކޮށް ދެކުނު ފަރާތު ފަޅުން ނުކުންނަށް އުޅުމުގެ ތެރޭގައި ކޮންޓްރޯލް ނުވެގޮސް އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެ ލޯންޗު އުރުނު އިރު އޭގައި 20 އަށްވުރެ ގިނަ މީހުން ތިއްބެވެ. މި ހާދިސާ އާއި ގުޅޭ އިތުރު ތަފްސީލް އަދި ކަމާ ބެހޭ އިދާރާތަކުން ހާމައެއް ނުކުރެ އެވެ.

ނަމަވެސް ދެކުނު ފަރާތަށް އުދަ އެރުމުގެ ސަބަބުން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސިފައިން ހާމަކޮށްފައިވެ އެވެ.

ދެކުނު ފަރާތުގެ އިތުރުން ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައިގެން އަލަށް ހެދި ބަޔަށްވެސް އުދަ އަރާފައިވެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ