މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ދިވެހި ޕާސްޕޯޓުގެ ހިދުމަތް ރާއްޖޭގެ އެކިކަންކޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން، ގދ. ގައްދޫގައި މިއަދު ދިވެހި ޕާސްޕޯޓުގެ ހިދުމަތް ރަސްމީކޮށް ތައާރަފުކޮށްފައިވާ ކަމަށެވެ.
މި ހިދުމަތް ގައްދޫގައި ފެށުމާއެކު ޕާސްޕޯޓް ކަލެކްޝަން ޕޮއިންޓެއްގެ ގޮތުގައި ގައްދޫ ހިޔާރު ކުރެވޭނެ އެވެ. ގދ. ގައްދޫގެ އިތުރުން ތިނަދޫ ސިޓީންވެސް ޕާސްޕޯޓްގެ ހިދުމަތް ލިބެ އެވެ.
އިމިގްރޭޝަނުން މިހާރު ވަނީ ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ކޮންމެ ވެސް އެއް ރަށަކުން ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިފަ އެވެ. އަދި ހިދުމަތް ހޯދާ މިހުންގެ އަދަދަށް ބަލައި އިތުރު ރަށްރަށުގައި ވެސް ޕާސްޕޯޓުގެ ހިދުމަތް ވަނީ ފަށައިފައެވެ.


