ހިރިމަރަދޫގައި އަލުން ކައުންސިލެއް އިންތިހާބު ކުރަން ގޮވާލައިފި

ޚަބަރު ފަހުގެ

ހދ. ހިރިމަރަދޫ އަކީ ފަޅުރަށެއް ކަމަށް ކަނޑައަޅާފައިވާ ނިންމުން ބާތިލުކޮށް، އެ ރަށުގައި އަލުން ކައުންސިލެއް އިންތިހާބުކުރަން އިދިކޮޅު އެމްޑީޕީން ސަރުކާރަށް ގޮވާލައިފި އެވެ.

ހިރިމަރަދުއަކީ ފަޅު ރަށެއް ކަމަށް ކަނޑައެޅުއްވީ މިދިޔަ ޑިސެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރަކުންނެވެ. އެ ގަރާރުގައިވާ ގޮތުން ހިރިމަރަދޫގައި މިހާރު އޮތް އާބާދީގެ ކަންތައްތައް ބަލަހައްޓާނީ ހަނިމާދޫ ކައުންސިލުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމްޑީޕީން މިއަދު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އާއި ބައްދަލުކުރުމަށްފަހު އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒު ވިދާޅުވީ އެމްޑީޕީން އެދެނީ، ހިރިމަަރަދޫ މީހުންނަށް ހަނިމާދޫގައި ގެ އަޅައިދީ އެ ރަށަށް ބަދަލުކުރަން ސަރުކާރުން ބޭނުން ނުވާ ނަމަ، އެއީ ފަޅުރަށެއް ކަމަށް ކަނޑައެޅި ގަރާރު ބާތިލުކޮށް އެ ރަށުގައި އަލުން ކައުންސިލެއް ހަދައި އިންތިހާބު ބޭއްވުމަށް ކަމަށެވެ.

ނިޔާޒު ވިދާޅުވީ، ހިރިމަރަދޫ މީހުންނަށް ހަނިމާދޫން 18 މަސް ދުވަހުގެ ތެރޭގައި ހައުސިން ޔުނިޓު ނުދެވޭނެ ކަމަށާއި އެ ހައުސިން ޔުނިޓުތައް ހަދާ ބިންވެސް އަދި ސާފުނުކުރާ ކަމަށެވެ.

ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަށް ބޭނުންވާ ހައުސިން ޔުނިޓުތައް ހަދަން ސަރުކާރުން ހަވާލުކޮށްފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ