ނައިވާދޫގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ޚަބަރު ފަހުގެ

ހދ. ނައިވާދޫގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށްޓަކައި، އެ ރަށުގައި ބިދޭސީން ގެންގުޅޭ ފަރާތްތަކާއެކު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

7 އޯގަސްޓް 2026 ވީ ހުކުރު ދުވަހު ބޭއްވުނު މި ބައްދަލުވުމަކީ ނައިވާދޫ ކައުންސިލާއި އެ ރަށު ޕޮލިސް ޕޯސްޓް ގުޅިގެން އިންތިޒާމުކުރި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ނައިވާދޫއަކީ ކުށްމަދު، އަމާން އަދި ރައްކާތެރި މުޖުތަމައެއްގެ ގޮތުގައި ބޭއްވުމެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ބައްދަލުވުމުގައި ބިދޭސީންނާ ގުޅޭ ގަވާއިދުތަކާއި އުސޫލުތަކަށް ފުރިހަމައަށް ބޯލެނބުމުގެ މުހިންމުކަމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އަދި ރަށުގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ބިދޭސީން ގެންގުޅޭ ފަރާތްތަކުން ސަމާލުކަން ދޭންޖެހޭ ކަންކަމުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ.

މީގެ އިތުރުން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ކުރިމަތިވެދާނެ އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދުމަށް ފުލުހުންނާއި ކައުންސިލުން ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް އާންމުންގެ އެއްބާރުލުން ބޭނުންވާކަން މި ބައްދަލުވުމުގައި ފާހަގަކުރިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ